Thursday, 29 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

މިއަދުގެ މުޒާހަރާ ކުރިޔަށްދާނެ، ފުލުހުންގެ އިންޒާރަކަށް ކަންބޮޑެއް ނުވޭ: އިދިކޮޅު

މިއަދުގެ މުޒާހަރާ ކުރިޔަށްދާނެ، ފުލުހުންގެ އިންޒާރަކަށް ކަންބޮޑެއް ނުވޭ: އިދިކޮޅު

އިދިކޮޅުން މިއަދު ބޭއްވުމަށް ރާވާފައިވާ މުޒާހަރާއަކީ ޤާނޫނާ ޚިލާފު މުޒާހަރާއެއް ކަމަށާއި މުޒާހަރާ ބޭއްވުމަށް ޖާގަ ނުދޭނެ ކަމަށް ފުލުހުން ވިދާޅުވެފައިވީ ނަމަވެސް، މުޒާހަރާ މިހާރުވެސް ޕްލޭން ކޮށްފައިވާ ގޮތަށް ކުރިޔަށް ދާނެ ކަމަށް އިދިކޮޅުން ހާމަކޮށްފިއެވެ.

"ދެން" އަށް މަޢުލޫމާތު ދެމުން އިދިކޮޅު ކޯލިޝަންގެ ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވީ، ފުލުހުން ނެރޭ ބަޔާނަކީ މަތިން އަންނަ އަމުރަކަށް ނެރޭ ބަޔާނެއް ކަމަށާއި އެފަދަ ބަޔާނެއްގެ ސަބަބުން ކަންބޮޑު ނުވާ ކަމަށެވެ.

"ބަޔާނަކާ ގުޅިގެން އަޅުގަނޑުމެން މުޒާހަރާގެ އެއްވެސް ކަމެއް ބަދަލު ކޮށްފައެއް ނޯންނާނެ. އެއީ އެބޭފުޅުންނަށް މަތިން އަންނަ ގޮތަކަށް ނެރޭ ބަޔާންތަކެއް. އެއީ އަޅުގަނޑުމެން އެހާ ކަންބޮޑުވާ ކަމެއް ނޫން." ހީނާ ވިދާޅުވިއެވެ.

Advertisement
Ooredoo — Square (box)

މިއަދު ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެޗްޕީއޭއިން 10 މީހުނަށްވުރެ ގިނަ މީހުން އެއްވުން މަނާކޮށްފައިވީ ހިނދު، މިއަދުގެ މުޒާހަރާއަކީ ޤާނޫނާ ޚިލާފު މުޒާހަރާއެއް ކަމަށާއި މިހެންވެ، މުޒާހަރާއަށް ފުރުސަތު ނުދޭނެ ކަމަށާއި އަދި މުޒާހަރާގައި ބައިވެރިވާ ފަރާތްތަކަށް ފިޔަވަޅު އެޅޭނެ ކަމަށެވެ.

އިދިކޮޅުން މިއަދު ބާއްވަން ހަމަޖެހިފައިވާ ބޮޑު މުޒާހަރާއަކީ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ހައްޔަރުގައި ހުންނެވުމާއި، ރައްޔިތުންގެ އެތައް ޙައްޤުތަކެއް ސަރުކާރުން ނިގުޅައިގެންފައި ވާތީ އެ ކޯލިޝަނުން ބާއްވަމުން ގެންދާ "އިންސާފު ކޮބާ؟"އަދި "ކޮބާ މަގޭ ފްލެޓް ؟" ގެ ސިލްސިލާގެ ދަށުން ބޭއްވުމަށް ނިންމާފައިވާ މުޒާހަރާއެކެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް