ކުޅިވަރު

ދަނޑުން ބޭރުގައި ވެސް ޢަލީ އަޝްފާގަކީ ޗެމްޕިއަނެއް، ދިވެހީންގެ އެއްވަނަ ރަން މެޑެއްޔަކީ ހަމަ އަޝްފާގު ރަން މެޑަލް

އާއިޝަތު އަލީނާ ، ދެން އޮންލައިން

ޢަލީ އަޝްފާގަކީ ދިވެހީންނަށް އިތުރު ތަޢާރަފެއް ބޭނުންވާނޭ އެތުލީޓެއް ނޫނެވެ. އޭނާއަށް ދިވެހީންގެ ހިތުގައި އޮތް ލޯތްބާއި އިޙްތިރާމް ހާމަވެގެން ދިޔަ އެއް ކަމަކީ އޭނާއާއި ގައުމީ ކެޕްޓަން އަކްރަމް ޢަބުދުލްޣަނީ (އަކޫ) އަކީ ނިރުބަވެރިންކަމަށް ސިފަ ވާގޮތަށް މީސްމީޑިއާގައި މީހަކު ފާޅު ކުރި ޚިޔާލަށް އާންމުން ދިން ވަރުގަދަ ރައްދުންނެވެ.

Ads by MWSC

17-0 އިން ދިވެހީން އިރާން އަތުން ބަލިވެ ، ލަދުވެތި ރެކޯޑެއް ދިވެހީންނަށް ލިބިފައި ވަނިކޮށް  ފުޓްބޯޅައިގައި ދުނިޔެއިން ރާއްޖެއަށް އޮތް މަލާމާތް ބަދަލު ކޮށްލުމުގައި އެންމެ މުހިންމު ރޯލެއް އަދާކުރި ކުޅުންތެރިޔަކީ ޢަލީ އަޝްފާގެވެ. 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރުމުގައި ޢަލީ އަޝްފާގު ދެއްކި ހިތްވަރާ ކުޅުނު މޮޅު ކުޅުމަކީ ދިވެހި ތާރީޚުގައި ރަން އަކުރުން ފަވާލާނޭ ކުޅުމެކެވެ.

ދުނިޔޭގެ އެތައް ކުލަބުތަކުން ހުށަހެޅުންތައް ލިބުނު އަޝްފާގަށް ދިވެހީން ކުރާ އިޙްތިރާމަކީ އެންމެން ދަންނަ ކަމެކެވެ. ސިޔާސީ ވެރީންނާއި ވަޒީރުންނާއި ޝައިޚުންނާއި ކުޅިވަރުގެ ކޯޗުންނާއި ކުޅުންތެރިން އަޝްފާގާއި އަކޫގެ ދިފާޢުގައި ދެއްކި ވާހަކަތަކަކީ މިކަމުގެ ހެއްކެކެވެ.

އަޝްފާގާއި އަކޫ ވާދަ ކުރަންވީ ރާއްޖޭގެ ރައީސްކަމާ ނައިބު ރައީސް ކަމަށް ވިދާޅުވެ މީޑިއާތަކުން ޖޯކު ޖެހި ނަމަވެސް ހަގީގަތުގައި ވެސް އެއީ އެއްވަނަ ރަން ކެޕްޓަނެވެ. އެއީ ދިވެހީން އެ ކުޅުންތެރީންނަށް ދިން މަގާމެކެވެ. ބައިޗަން ބުޓިޔާއާއި ސުނިލް ޗެތުރީ ކިތަންމެ ގިނަ ސާފް ޗެމްޕިއަންޝިޕެއް ހޯދި ނަމަވެސް ސަޗިން ޓެންޑުލްކާރަށް އޮތް އިހްތިރާމާއި ލޯތްބެއް އިންޑިއާގައި އެކުޅުންތެރީންނަށް ނުލިބޭ ފަދައިންނެވެ. އެހެންކަމުން އަޝްފާގާއި އަކޫއާއި މި ނޫން ވެސް ދިވެހީންގެ ލޯބި ހޯދާފައިވާ މީހުންނަށް މަލާމާތް ކުރުމަކީ އިރަށް ކުޅު ޖެހުން ފަދަ ކަމެކެވެ. އައިސް ޖެހޭނީ ގައިގައެވެ.

މީގެ އިތުރުން އަޝްފާގާއި ގުޅޭ ގޮތުން އާންމުކޮށް ނޭނގޭ އެއް ކަމަކީ އޭނާގެ ދީލަތި ކަމެވެ. ދަނޑުމަތީގައި ގޯލް ސްކޯރ ކޮށް ގޯލް ޖެހުމަށް އެހީވެދޭ ފަދައިން ދަނޑުން ބޭރުގައި ވެސް އޭނާއަކީ މަދަދުގާރެކެވެ. ޚާއްޞައެހީއަށް ބޭނުންވާ ކުދީންނާއި އެހެނިހެން މުހުތާދުތަކަށް ބޭނުން ޖެހިފައިވާ މީހުންނަށް އޭނާ ވެދިން އެހީތެރިކަމުން ދޭހަ ކޮށްދެނީ އޭނާއަކީ ހަމައެކަނި ދަނޑުމަތީގެ ޗެމްޕިއަނެއް ނޫން ކަމެވެ. ޚާއްޞަ އެހީއަށް ބޭނުންވާ އާނިސް ހާމިދުގެ އޮޕަރޭޝަންތަކަށް އަޝްފާގު ކޮށްފައިވާ މަތިވެރި ހޭދަ އާނިސްގެ ބައްޕަ ވަނީ ފާހަގަ ކޮށްފައެވެ.

ސާބަހެވެ! ދިވެހިންގެ އެއްވަނަ ރަން މެޑަލް ކަމުގައިވި އަޝްފާގާއި އަކޫގެ އިތުރުން ގައުމަށް ރީތި ނަން ހޯދައިދޭ އެންމެނަށް ސާބަހެވެ.

Ads by Ooredoo
  1. ހަސަބު

    ސާބަސް ދަގޭ