Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

“ހައްޔަރު ކުރި ވަގުތު ގޮވަމުން ދިޔައީ “ﷲ اكبر

“ހައްޔަރު ކުރި ވަގުތު ގޮވަމުން ދިޔައީ “ﷲ اكبر

މިއަދު ހަވީރު މާލޭގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ގެ ފަރާތުން ބޭއްވި މުޒާހަރާ ތެރެއިން ގިނަ ބަޔަކު ހައްޔަރު ކުރެވިފައިވާއިރު މަތިން ފެނިވަޑައިގަންނަވާ ފޮޓޯގައި އެވަނީ އާންމު ރައްޔިތެއް މިއަދުގެ މުޒާހަރާގައި ހައްޔަރުކޮށްގެން ގެންދާ މަންޒަރެވެ.

[caption id="attachment_66899" align="alignnone" width="1024"]<img class="wp-image-66899 size-large" src="https://cdn.dhen.mv/wp-content/uploads/2021/02/9FAEDB9B-ACCA-452F-AA84-9721A02D29CF-1024x684.jpeg" alt="" width="1024" height="684" /> ދެން އިމޭޖަސް : އިބްރާހިމް ޝަމްވީލް[/caption]

މިއަދު އިދިކޮޅު ޕީޕީއެމް/ޕީއެންސީ އިން ބޭއްވި އިހުތިޖާޖު ކުރިއަށް ދިޔަ ސަރަހައްދުގައި “ދެން” ގެ ނޫސްވެރިން ވަނީ ހަރަކާތްތެރިވެފައެވެ. އަދި މި މީހާ ހައްޔަރު ކޮށްގެން ދިޔަ ވަގުތު އޭނާ “الله اكبر” އޭ ގޮވަމުން ދިޔަ މަންޒަރު ވަނީ ފާހަގަވެފައެވެ.

Advertisement
Ooredoo — Square (box)

މިއަދުގެ މުޒާހަރާ ތެރެއިން އިދިކޮޅު ކޯލިޝަންގެ 30 އަށްވުރެ ގިނަ މީހުން އަދި އާންމުންގެ ތެރެއިން 200 އަށް ުރެ ގިނަ މީހުން ހައްޔަރު ކޮށްފައިވާ ވާއިރު، އޭގެ ތެރޭގައި ޕީއެންސީ ގެ ރައީސް އަބްދުއްރަހީމް ޢަބްދުﷲ (އަދުރޭ) އާއި، ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާން މައުމޫން ވެސް ހިމެނޭ ކަމަށް މެމްބަރު ޝިޔާމް ވިދާޅުވިއެވެ. މިއަދުގެ މުޒާހަރާ ކޮންޓްރޯލް ކުރަން އުޅުމުގެ ތެރޭގައި ފުލުހުން އަތުން މެމްބަރު ޝިޔާމް އަށް ވެސް ވަނީ އަނިޔާ ވެފައެވެ.

އަދި މިރޭގެ އިހުތިޖާޖު މިހިސާބަށް އަދި ނުނިމޭ ކަމަށް ޝިޔާމް ވިދާޅުވެފައި ވާއިރު، މިވަގުތު ވެސް ޕީޕީއެމް/ޕީއެންސީ އޮފީސް ބޭރުގައި ފުލުހުންގެ އެސްއޯ ބަޔަކު އަންނަނީ ހަރަކާތްތެރިވަމުންނެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް