Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

އިއްޔެގެ މުޒާރާއިން ހައްޔަރު ކުރި އެންމެން ދޫކޮށްލައިފި

އިއްޔެގެ މުޒާރާއިން ހައްޔަރު ކުރި އެންމެން ދޫކޮށްލައިފި

އިދިކޮޅު ޕީޕީއެމް/ޕީއެންސީ އިން އިންތިޒާމް ކޮށްގެން އިއްޔެ ހަވީރު މާލެ ސަރަޙައްދުގައި ބޭއްވި މުޒާހަރާއިން ހައްޔަރުކުރި އެންމެން ރޭގައި ދޫކޮށްލައިފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އިދިކޮޅުގެ މުޒާހަރާ ތެރެއިން އިއްޔެ ހައްޔަރުކުރީ 30 މީހުން ކަމަށާއި އެ އެންމެން ވެސް މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.

އިއްޔެގެ މުޒާހަރާއިން ހައްޔަރުކުރި މީހުންގެ ތެރޭގައި އިދިކޮޅު ކޯލިޝަންގެ އިސް ސަފުގައި މަސައްކަތް ކުރައްވާ ބޭފުޅުންނާއި މަޖިލިސް މެންބަރުން ވެސް ހިމެނެއެވެ.

Advertisement
Ooredoo — Square (box)

މުޒާހަރާގެ ތެރެއިން ހައްޔަރު ކުރި އިސް ބައެއް މީހުންގެ ތެރޭގައި ޕީއެންސީގެ ރައީސް އަދި އިދިކޮޅު ކޯލިޝަން ހިންގުމާ ހަވާލުވެ ހުންނެވި ޢަބްދުއްރަހީމް ޢަބްދުﷲ (އަދުރޭ) އާއި ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާން މައުމޫން އާއި ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ގެ އިތުރުން ކުރީގެ މަޖިލިސް މެންބަރު މުހައްމަދު ނަޝީދު (ކާނަލް) ވެސް ހިމެނެއެވެ.

މީގެއިތުުރުން ޕީޕީއެމް އަދި ޕީއެންސީގެ ބައެއް ކައުންސިލް މެންބަރުން ވެސް ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް