ޑްރަގް އޭޖެންސީގެ ބެލުމުގެ ދަށުގައި ހުރި މީހަކު ނިޔާވި މައްސަލަ ބަލަނީ

ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ ބަލުމުގެ ދަށުގައި ހުރި މީހަކު މިއަދު ނިޔާވެއްޖެއެވެ.
އެންޑީއޭއިން ބުނީ އެ އިދާރާގެ ބެލުމުގެ ދަށުން ހދ. ހަނިމާދޫ ޑިޓޮކްސް ސެންޓަރުގައި ފަރުވާ ހޯދަމުންދިޔަ މީހެއް މިއަދު ހެނދުނުގެ ވަގުތެއްގައި ނިޔާވެފައިވާ ކަމަށެވެ.
އެހެންކަމުން އޭނާގެ މަރާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ވެސް އެންޑީއޭ އިން ބުނެފައިވެއެވެ.
އަދި، މިކަމާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ހުރުމުން ފުލުހުން އެކަން ތަހުގީގު ކުރަމުން އަންނަކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.
މިކަމާ ގުޅިގެން އިތުރު ތަފްސީލެއް ،އެންޑީއޭ އަދި ފުލުހުންގެ ފަރާތުން ވެސް ލިބިފައެއް ނުވެއެވެ.