މިތަނުން އައިޝްވާރްޔާ ކޮބާ؟

ދުނިޔޭގެ ރީތީގެ ރާނީ އަދި ބޮލީވުޑް ގެ މަޝްހޫރު ފިލްމީތަރި އައިޝްވާރްޔާ ރާއީ ބަޗަން ގެ ރީތިކަމަށް ތައުރީފު ނުކުރާ މީހަކު މަދު ވާނެއެވެ.
އައިޝްވާރްޔާ ގެ ރީތި ކަމަށް ތައުރީފު ކުރުމުގެ އިތުރުން އޭނާއަށް ވެވޭތޯ ވެސް ބައެއް މީހުން މަސައްކަތް ކުރަމުން ދެއެވެ. އައިޝްވާރްޔާ އާއި ކުޑަ ތަންކޮޅެއް ވައްތަރުވުން ވެސް ބައެއް މީހުން ސިފަ ކުރަނީ ލިބުނު ބޮޑު ކާމިޔާބީއެއްގެ ގޮތުގައެވެ.
އެފަދަ ކާމިޔާބީއެއް ޕާކިސްތާނުގެ ބްލޮގަރެއް މިވަނީ ހާސިލު ކޮށްފައެވެ. އާމްނާ އިމްރާން ގެ ފޮޓޯތައް ފެނިފައި އޭނާ އައިޝްވާރްޔާ އާއި ތަފާތެއް ވެސް ނެތް ކަމަށް ގިނަ މީހުން ޤަބޫލު ކުރެއެވެ.
އެހެން މީހުންގެ އިތުރުން އާމްނާ ވެސް، އޭނާ އާއި އައިޝްވާރްޔާ ވައްތަރު ކަމަށް ޤަބޫލުކުރެއެވެ. އެކަން ހާމަ ވެފައި ވަނީ، އައިޝްވާރްޔާ ގެ ބައެއް ބްލޮޮކްބަސްޓާ ފިލްމުތަކުގައި، އޭނާގެ ކެރެކްޓަރާ އެއް ވައްތަރު ގޮތަކަށް އާމްނާ ވެސް ވަނީ ހެދުން އަޅާ، މޭކަޕް ކޮށް، ފޮޓޯ ވެސް ނަގާފައި ހުރުމުންނެވެ. އަދި އެ ފޮޓޯތައް އޭނާ ވަނީ މީސް މީޑިއާ ގައި ހިއްސާ ވެސް ކޮށްފައެވެ.
ކަޅު ހެނދުމުގަ ، ދެން ކޮބާ އިނާމް