Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

މާދަމާ މަޖިލީހަށް ދާނީ ޚިޔާލު ފާޅުކުރުމުގެ މާއްދާގެ ދިފާއުގައި: މަލީހް

މާދަމާ މަޖިލީހަށް ދާނީ ޚިޔާލު ފާޅުކުރުމުގެ މާއްދާގެ ދިފާއުގައި: މަލީހް

ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް މާދަމާ ވަޑައިގަންނަވާނީ ޚިޔާލު ފާޅު ކުރުމުގެ މާއްދާގެ ދިފާއުގައި ކަމަށް ކޮމިޔުނިކޭޝަން މިނިސްޓަރ މުޙައްމަދު މަލީޙް ޖަމާލް ވިދާޅުވެއްޖެއެވެ.

ވެރިކަން ކުރާ އެމްޑީޕީން ހުށަހެޅި އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާއަށް އެޖެންޑާ ކޮށްފައި ވަނިކޮށް މިނިސްޓަރ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "މާދަމާ ހެނދުނު މަޖިލީހަށް ދާނީ ވަޒީފާ ދިފާއު ކުރާކަން ނޫން" ކަމަށާއި "ޤާނޫނު އަސާސީގެ މާއްދާގެ 27 ގެ ދިފާއުގައި" ކަމަށެވެ.

މަލީޙް ވިދާޅުވީ ގަލަމުން އެމީހަަކށް ފެންނަ ވާހަކައެއް އިސްލާމް ދީނުގެ އަސްލަކާ ޚިލާފު ނުވާ ގޮތަށް ފާޅު ކުރުމުގެ މިނިވަންކަން ކޮންމެ ދިވެއްސަކަށް ލިބިގެން ވާކަމަށެވެ.

Advertisement
Ooredoo — Square (box)

https://twitter.com/maleehjamal/status/1366058046909161473?s=21

ޖުމްހޫރީ ޕާޓީގެ ސްލޮޓްގައި މަގާމަށް ވަޑައިގެންނެވި މަލީޙްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅީ އެމްޑީޕީގެ 14 މެމްބަރުންގެ ސޮޔާއެކުގައެވެ. އެ މައްސަލަ ހުށަހެޅުމުގައި އިސްކޮށް ހުންނެވީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް