Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ބްރޯޑްކޮމްއަށް ނަން ފާސްކުރީ ކޮމިޓީގެ ލަފައާ ޚިލާފަށް: އަނދުން ޙުސެއިން

ބްރޯޑްކޮމްއަށް ނަން ފާސްކުރީ ކޮމިޓީގެ ލަފައާ ޚިލާފަށް: އަނދުން ޙުސެއިން

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން ( ބްރޯޑްކޮމް) ގެ ހުސްވެފައިވާ މަގާމަށް ރާއްޖެ ޓީވީގެ ނޫސްވެރިޔާ މުހައްމަދު ފަޒީނު އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ލަފައާ ޚިލާފަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ވިދާޅުވެއްޖެ އެވެ.

ބްރޯޑްކޮމްއަށް ބޭފުޅަކު އައްޔަން ކުރަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ފޮނުއްވި ނަންތައް ދިރާސާކޮށް، ނިމުނު ގޮތުގެ ރިޕޯޓަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވޯޓަށް އެހުމުގެ ކުރިން، އެ ރިޕޯޓުގެ ބަހުސްގައި އަނދުން ހުސައިން ވިދާޅުވީ ރިޕޯޓަށް ވޯޓަށް އަހާ ގޮތާ މެދުގައި އޭނާގެ ނުރުހުން އެބަ އޮތް ކަމަށެވެ.

އަނދުން ޙުސެއިން ވިދާޅުވީ، ވޯޓަށް އެ އަހަނީ ކޮމިޓީން ރިކޮމެންޑް ކުރިގޮތަށް ނޫން ކަމަށް ވާތީ އާއި ކޮމިޓީތަކުގެ ބޭފުޅުންނާ އިންޓަވިއުކުރުމަށް އެތައް ވަގުތެއް ހޭދަކޮށްގެން ރިޕޯޓް އެކުލަވާލައިގެން ގެންދިއުމުން ކޮންމެވެސް މެމްބަރެއްގެ ދާއިރާގެ މީހަކަށް ނުވެގެން ނަމެއް "ކަޓުވާލަންޏާ" ކޮމިޓީ އުވައިލަން ޖެހޭ ކަމަށެވެ،

Advertisement
Allied — Dhen Online (box)

"އެހެން ނޫނީ (ކޮމިޓީގެ ރިކޮމެންޑޭޝަނަށް ނުބަލަންޏާ) އެންމެ އާއިލާ ބޮޑު މީހާ ގެނެސް ތަންތަނަށްލާ (ގޮތަށް) ގަވަައިދު ބަދަލުކޮށްލީމާ މިކަން މި ނިމުނީ އިއްޒަތްތެރި ރައީސް. އެހެންވީމާ މިއަދު އޮތް ވޯޓުގައި އަޅުގަނޑުގެ ހިތްހަމަނުޖެހުން އޮތީތީ އެކަން ފާހަގަކޮށްލީ. އަޅުގަނޑުމެންގެ ކޮމިޓީން އަޅުގަނޑުމެން ރިކޮމެންޑް ކުރި ގޮތަކަށް ނޫން ތަޅުމަށް ވޯޓަށް އެހިގެން ދާނީ،" އަނދުން ހުސައިން ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް