Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ސަރުކާރުގެ އެކްޝަން ޕްލޭނާ ގުޅޭ ގޮތުން މަލީޙްގެ ފިލާވަޅުތަކެއް މަޖިލީހުގެ "ރޯޔަލް ފެކްޝަނަށް"!

ސަރުކާރުގެ އެކްޝަން ޕްލޭނާ ގުޅޭ ގޮތުން މަލީޙްގެ ފިލާވަޅުތަކެއް މަޖިލީހުގެ "ރޯޔަލް ފެކްޝަނަށް"!

ޖަޒީރާ ރާއްޖެއަށް ދާން ބެލްޓް އަޅުއްވައިގެން ތިއްބެވި ބޭފުޅުންނަށް ސަރުކާރުގެ ސްޓެރެޓިޖިކް އެކްޝަން ޕްލޭނާ ގުޅޭ ފިލާވަޅުތަކެއް ނަގައިދެއްވާނެ ކަމަށް އިތުބާރު ނެތްކަމުގެ ވޯޓް ނެގުމުން ވަޒީރު ކަމުގެ މަގާމު ގެއްލިފައިވާ ކުރީގެ ކޮމިޔުނިކޭޝަން މިނިސްޓަރ މުޙައްމަދު މަލީޙް ޖަމާލު ވިދާޅުވެއްޖެއެވެ.

މިއަދު ކުރެއްވި ޓްވީޓެއްގައި މަލީޙް ވިދާޅުވީ މި ފިލާވަޅުތައް ކޮންމެ ދުވަހަކު ހެނދުނު 11 ޖަހާއިރު ގެނެސްދެއްވާނެ ކަމަށާއި ކްލާސްތައް ޚާއްޞަ ކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ "ރޯޔަލް ފެކްޝަނަށް" ކަމަށެވެ.

https://twitter.com/maleehjamal/status/1366992556932796420?s=21

Advertisement
HDC — Sidebar (box)

މަލީޙް މި ފަދައިން ވިދާޅުވިއިރު އިތުބާރު ނެތް ކަމުގެ ވޯޓް ނެގުމަށް އިއްޔެ ބޭއްވި ޖަލްސާގައި ޖަވާބުދާރީވުމުގެ ފުރުސަތުގައި ރައީސް ނަޝީދު ވެސް ވަނީ މަލީޙާ ތަފާތު ސުވާލުތައް ކުރިމަތި ކުރައްވާފައެވެ. މަލީޙް ވިދާޅުވެފައި ވަނީ ރައީސް ނަޝީދު ވަނީ ޚިޔާލު ފާޅު ކުރުމުގެ ހައްގާ ޚިލާފުވެ އެމަނިކުފާނަށް ބިރު ދައްކަވާފައި ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް