Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

އައިޖީއެމްއެޗްގެ ނަރުހަކު ކޮވިޑަށް ފައްސިވެއްޖެ

އައިޖީއެމްއެޗްގެ ނަރުހަކު ކޮވިޑަށް ފައްސިވެއްޖެ

އައިޖީއެމްއެޗް ހޮސްޕިޓަލުގެ ނަރުހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވީ، އައިޖީއެމްއެޗް ކްލަސްޓާއިން އިތުރު މީހަކު މިއަދު ފައްސިވެފައިވާ ކަށާއި ފައްސިވީ އެ ހޮސްޕިޓަލުގައި މަސައްކަތް ކުރާ ނަރުހެއް ކަމަށެވެ.

އަދި މިކޭސްއާ ގުޅިގެން ކޮންޓެކްޓް ޓްރޭސް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

Advertisement
HDC — Sidebar (box)

މީގެ ކުރިން އައިޖީއެމްއެޗްއިން 15 މީހަކު ވަނީ ފައްސިވެފައެވެ. އަދި މިއަދު ފައްސިވި ނަރުހާއެކު އެ ހޮސްޕިޓަލުން 7 ސްޓާފުންނާއި 7 ބަލި މީހުންނާއި 2 އެހީތެރިން ވަނީ ފައްސިވެފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް