Wednesday, 4 November 2026
Advertisement
STO — McCoy (leaderboard)
ދުނިޔެ

ޓިކްޓޮކް އިން އިންޑިއާގެ 1.56 ކްރޯޑް ވީޑިއޯ ޑިލީޓް ކޮށްލީ ކީއްވެ؟

ޓިކްޓޮކް އިން އިންޑިއާގެ 1.56 ކްރޯޑް ވީޑިއޯ ޑިލީޓް ކޮށްލީ ކީއްވެ؟

އިންޑިއާއިން ޓިކްޓޮކް މަނާ ކުރުމުގެ ކުރިން ޓިކްޓޮކް އަކީ އިންޑިއާގައި މީހުން ބެނުންކުރާ އެންމެ މަގްބޫލް އެއް އެޕްލިކޭޝަން އެވެ. އިންޑިއާ އަކީ އެންމެ ގިނައިން ޓިކްޓޮކް ބޭނުންކުރާ އެއްގައުމެވެ.އަދި ދިރާސާ ތަކުން ދައްކާގޮތުގައި އިންޑިއާ ވެފައިވަނީ ޓިކްޓޮކް ތެރޭގައި އެންމެ ނުފޫޒް ފޯރުވޭ އެއްބަޔަކަށެވެ.

ޓިކްޓޮކް ހިންގާ ކުންފުނިން ނެރުނު ރިޕޯޓް ތަކުގައި ދައްކާ ގޮތުގައި އިންޑިއާގެ 16.5 މިލިއަން ވީޑިއޯ ޓިކްޓޮކް އިން ވަނީ ޑިލީޓް ކޮށްފައެވެ. މި އަދަދަކީ އެހެން ގައުމު ތަކާއި އަޅާ ބަލާއިރު 4 ގުނަ އިތަރު އަދަދެއް ކަމަށް ރިޕޯޓް ތަކުން ދައްކާދެއެވެ.

ޓިކްޓޮކްގެ ގޮލޯބަލް ޓްރާންސްޕޭރެންސީ ރިޕޯޓްގައި ބުނެފައިވަނީ 2019 ވަނަ އަހަރު ޑިސެންބަރު މަހު 25.5 އިންސައްތަ ވީޑިއޯ ޓިކްޓޮކް އިން ނަގާލެވިފައިވަނީ ނިވާކަން ކުޑަ މަންޒަރުތައް ގިނަ ވުމުގެ ސަބަބުން ކަމަށެވެ.

Advertisement
Ooredoo — Truecaller (box)

ޖޫން މަހުގެ ފަހު ކޮޅު ވަނީ އިންޑިއާ ސަރުކާރުން ޓިކްޓޮކް އާއި އިތުރު 58 ޗައިނީޒް އެޕް ތަކެއް ވެސް ބޭނުން ކުރުން މަނާކޮށްފައެވެ. އިންޑިއާގައި ކުރިއަށް އޮތްތާ ޓިކްޓޮކް ބޭނުން ނުކުރެވުނު ކަމުގައި ވިޔަސް ޓިކްޓޮކް އާ އެއްފަދަ ހައިރާންކުރުވަނިވި އެޕް ތަކެއް ބޭނުން ކުރެވެމުން ދާނެ ކަމަށް ފާހަގަ ރިޕޯޓް ތައް ބުނެއެވެ. އޭގެ ތެރޭގައި އިންސްޓަގްރާމް އަކީ އިންޑިއާގައި ޓިކްޓޮކް އެކޭ އެއްފަދައިން ބޭނުން ކުރެވެމުން އަންނަ އެޕް އެއް ކަމަށް ފާހަގަ ކޮށްލެވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް