Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

މިނިސްޓަރ އަސްލަމް ހާޒިރުކުރި ކޮމިޓީއަށް އާންމުންނަށް ނުވަދެވުމުން އިހުތިޖާޖު ކުރަނީ

މިނިސްޓަރ އަސްލަމް ހާޒިރުކުރި ކޮމިޓީއަށް އާންމުންނަށް ނުވަދެވުމުން އިހުތިޖާޖު ކުރަނީ

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި ތަރައްޤީ ކުރި ހިޔާ ފްލެޓުތަކުގެ މައްސަލައިގައި، ހައުސިންގ މިނިސްޓަރު މުހައްމަދު އަސްލަމްގެ ހާޒިރު ކޮށްގެން މިހާރު ކުރިޔަށްދާ ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީ އަށް ވަންނަން ދިޔަ އާއްމުންނަށް ނުވަދެވުމުން އެ މީހުން ރައްޔިތުންގެ މަޖިލީސް ދޮށުގައި އިހްތިޖާޖު ކުރަން ފަށައިފިއެވެ.

މިކޮމިޓީއަށް މިނިސްޓަރ އަސްލަމްގެ އިތުރުން ފްލެޓް ކޮމިޓީގެ މެމްބަރުން ވެސް ވަނީ ހާޒިރު ކޮށްފައެވެ.

އެނގިފައިވާ ގޮތުގައި މަޖިލިސް ދޮށުގައި އިހުތިޖާޖު ކުރަމުން ދަނީ ކުރިން ޝަރުތުހަމަވެ ފްލެޓް ލިބުނުކަމުގެ ލިޔުން ލިބި، މި ސަރުކާރުން ދާއިމީ ލިސްޓު އާއްމު ކުރިއިރު ފްލެޓް ނުލިބޭ ބައެއް ފަރާތްތަކެވެ.

Advertisement
Ooredoo — Truecaller (box)

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީގެ ބައްދަލުވުން އަޑުއެހުމަށް ދިޔަ އާއްމުންގެ ތެރެއިން 20 މީހުންނަށް އެންމެ ފުރަތަމަ ފުރުސަތު ދިނެވެ.

ނަމަވެސް، ކޮމިޓީގެ މުގައްރިރުގެ ނިންމެވުމާއެކު އެ އަދަދު 10 މީހުންނަށް މަދު ކުރުމަށް ފަހު، އެންމެފަހުން އެ ކޮމިޓީ އިން ފުރުޞަތު ދިނީ ފަސް މީހުންނަށެވެ.

އިހުތިޖާޖު ކުރަމުންދާ މީހުން ބުނިގޮތުގައި އެމީހުން އެންމެ ބޮޑަށް އެދެމުން ދަނީ ހައުސިންގ މިނިސްޓަރ އަސްލަމާއި ބައްދަލުކޮށް އެމީހުންގެ ހާލަތު ކިޔައިދޭށެވެ.

މީގެ އިތުރުން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ފްލެޓްގެ މައްސަލައިގައި ހުރި ކަންބޮޑުވުން މީގެ ކުރިން އެތައް ފަހަރެއްގެ މަތިން ހިއްސާ ކުރިއިރު ވެސް އެކަށީގެންވާ ޖަވާބެެއް ނުލިބޭ ކަމަށް ވެސް ބުނެ އެތަނުގައި ތިބި މީހުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް