Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ޓްރާންސްޕޯޓް މިނިސްޓްރީގެ ޕީއެސްއަކަށް ސާމީ ގެނައުމަށް ސީއެސްސީއިން ދެކޮޅު ހަދައިފި

ޓްރާންސްޕޯޓް މިނިސްޓްރީގެ ޕީއެސްއަކަށް ސާމީ ގެނައުމަށް ސީއެސްސީއިން ދެކޮޅު ހަދައިފި

ޓްރާންސްޕޯޓް މިނިސްޓްރީ ގެ ޕާމަނެންޓް ސެކެރެޓްރީ (ޕީއެސް) އަކަށް އެ މަގާމުގައި ވަގުތީ ގޮތުން ހުންނެވި ސާމީ އަގީލް، ހަމަޖައްސަން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ދެކޮޅު ހަދައިފިއެވެ.

ސާމީ އެމަގާމަށް ހަމަޖައްސައި ދިނުމަށް ޓްރާންސްޕޯޓު މިނިސްޓަރ އައިޝަތު ނަހުލާ ވެސް ވަނީ ތަކުރާރުކޮށް އެދިވަޑައިގެންފައެވެ.

އެގޮތުން އެމިނިސްޓްރީ އަށް ޒިންމާދާރު އިސްވެރިޔާ އައްޔަނު ކުރުމާ ގުޅޭގޮތުން ސިޓީއެއް ފޮނުވިކަން ސީއެސްސީ އިން ބުނެފައި ވެއެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއްވައެވެ.

Advertisement
Allied — Dhen Online (box)

ސާމީ ކުރިން ހުންނެވީ ޓްރާންސްޕޯޓް މިނިސްޓްރީގެ ދަށުން ހިންގި ރީޖަނަލް އެއާޕޯޓްސްގެ ޑިރެކްޓަރެއްގެ މަގާމުގައެވެ.

ރީޖަނަލް އެއާޕޯޓްސް، މި ވެރިކަމުގައި ކުންފުންޏަކަށް ބަދަލުކުރުމާއެކު މިނިސްޓަރު ނަހުލާ ބޭނުންފުޅުވީ ، ސާމީ އަގީލް އެ މިނިސްޓްރީގެ އެޑްމިނިސްޓްރޭޝަން، ފައިނޭންސް އަދި އެޗްއާރު ޑިޕާޓްމެންޓުގެ ޑިރެކްޓަރު ޖެނެރަލްގެ މަގާމަށް ބަދަލު ކުރާށެވެ. އެކަމަކު އެ މަގާމަށާއި ޕީއެސްއަކަށް ސާމީ ހަމަޖައްސަން ވެސް ސީއެސްސީން އަންނަނީ އިންކާރު ކުރަމުންނެވެ.

 

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް