Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

މި ދައުލަތުގެ ކަރާމަތާ ޢިއްޒަތް ވެއްޔާ މޮޑެވިއްޖެ: އުމަރު

މި ދައުލަތުގެ ކަރާމަތާ ޢިއްޒަތް ވެއްޔާ މޮޑެވިއްޖެ: އުމަރު

މި ދައުލަތުގެ ކަރާމާތާ ވެއްޔާ އިއްޒަތް މޮޑެވިގެން ގޮސްފައިވާ ކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުމަރު މިހެން ވިދާޅުވީ ޖިންސީ ފުރައްސާރައިގެ މައްސަލައަކާ ގުޅިގެން ޓޫރިޒަމް މިނިސްޓަރު ކަމުގައި ހުންނެވި އަލީ ވަހީދު ވަކިކުރައްވާފައިވާ މައްސަލައާ ގުޅިގެން ކަމަށް ބެލެވެއެވެ.

އެގޮތުން އުމަރު ފޭސްބުކު ގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ކޮންމެ ދުވަހަކު ސަރުކާރުގެ އިސް ވެރިންނާ ގުޅޭ ޚަބަރުތައް ކިޔާ ލުމުން ސަރުކާރު މިއަދު ސިފަ ކުރެވެނީ ޝަހުވަތުގެ ނައިޓް ކްލަބެއް ގޮތަށްކަމަށެވެ.

Advertisement
Allied — Dhen Online (box)

" ވެރިން މޫދުގައި ރާބޯން ތިއްބެވި ވާހަކަ، ވަޒީރުން ވަޒީރުން ނަށް ޖިންސީ ފުރައްސާރަ ކުރާ ފޯންކޯލް ތަކުގެ އަޑު، ރައީސް އޮފީހުގެ އިސްވެރިން ރަސްމީ ކަންކަމުގައި ގުޅާ އަންހެން ބޭފުޅުންނަށް ޖިންސީ ފުރައްސާރަ ކުރާ ވާހަކަ، ސަފާރީ އެއްގައި 'ރޯޔަލް ރޭޕް' ހިގާ އެކަން ފަސްއަޅާފޮރުވި ވާހަކަ. " އުމަރު ވިދާޅުވެފައިވެއެވެ.

އުމަރު އިތުރަށް ވިދާޅުވީ މި ދައުލަތުގެ ކަރާމަތާ ޢިއްޒަތް ވެއްޔާ މޮޑެވިއްޖެ ކަމަށާއި މި ނޫން އެހެން މިސްރާބަކަށް ހިނގަން ޖެހޭ ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް