އިޔާޒް ހައްޔަރު ކުރޭ، ނޫނީ އަންހެން ކުދިން މަރަން ވެސް ގޮވާފާނެ: އާޒިމް

ޑރ އިޔާޒް ހައްޔަރު ކުރުމަށާއި ނޫނީ އަންހެން ކުދިން މަރަން ގޮވާފާނެ ކަމުގައި މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.
ޑރ އިޔާޒް ކުރެއްވި ޓުވީޓެއް ރިޓުވީޓު ކުރައްވަމުން އާޒިމް ވިދާޅުވީ، ދިވެހި މުޖުތަމައުގެ އިތުރުން އިސްލާމީ އުއްމަތް ބައިބައި ކުރަން މަސައްކަތް ކުރާ މިފަދަ މުނާފިގުން ހައްޔަރުކޮށް އެކަހެރި ކުރަން ގޮވާލާ ކަމަށެވެ. އަދި ޑރ.އިޔާޒް ދޫކޮށްފައި ބަހައްޓައިފި ނަމަ އަންހެން ދަރިން މަރަން ވެސް ގޮވާލާފާނެ ކަމަށް އާޒިމްގެ ރިޓުވީޓުގައި ވިދާޅުވެފައި ވެއެވެ.
ޑރ އިޔާޒު ކޮށްފައިވާ ޓުވީޓަކީ ރާއްޖޭގެ މީޑިއާއަކުން "މާލޭގައި ގައިދުރުކޮށް ހުކުރު ކުރީ ނަމެއްގައި" މި ސުރުހީއަށް ލިޔެފައިވާ ލިޔުމެއް ރިޓުވީޓުކޮށްފައިވާ ޓުވީޓެކެވެ. އެޓުވީޓުގައި ޑރ އިޔާޒް ބުނެފައިވަނީ މިއީ ވަރަށް ބޮޑު ނުބައެއްގެ ފެށުން ކަމަށެވެ.
https://twitter.com/aliaazim/status/1367821060431896580?s=21
މާލޭގައި ގައިދުރުކޮށް ނަމާދު ކުރަން ފެށުމުން ގިނަ ދީނީ އިލްމުވެރިންތަކެއް ވަނީ މިކަމާ ދެކޮޅަށް ވާހަކަ ދައްކައިފައެވެ.







ކޮމެންޓް