Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

މުޒާހަރާއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހުން ކޮވިޑަށް ޓެސްޓުކުރަން ސާމްޕަލް ދޭން އިންކާރު ކުރި: ފުލުހުން

މުޒާހަރާއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހުން ކޮވިޑަށް ޓެސްޓުކުރަން ސާމްޕަލް ދޭން އިންކާރު ކުރި: ފުލުހުން

އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ފަރާތުން މިއަދު މާލޭގައި ބޭއްވި މުޒާހަރާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހުން ކޮވިޑް-19 އަށް ޓެސްޓު ކުރަން ސާމްޕަލް ދޭން އިންކާރު ކުރި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މުޒާހަރައިގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި އެއްވެސް މީހަކު ކޮވިޑަށް ޓެސްޓު ކުރިތޯ ސުވާލު ކުރުމުން، ފުލުހުން ވިދާޅުވީ މުޒާހަރާގެ ތެރެއިން ގެނައި އެއްވެސް މީހަކު ކޮވިޑަށް ޓެސްޓު ކޮށްފައި ނުވާ ކަމަށެވެ.

"އެޗްޕީއޭގެ ގައިޑްލައިނާ ޚިލާފަށް ބޭއްވި އެއްވުމެއްގައި ބައިވެރިވެފައިވާ ބަޔަކަށް ވުމުގެ އިތުރުން، ގިނަ އަދަދެއްގެ ފުލުހުންނާ ކޮންޓެކްޓް ވެފައިވުމާއި ޕޮލިސް ކަސްޓޯޑިއަލް އަކީ ވެސް ގިނަ އަދަދެއްގެ ބަޔަކު ބަލަހައްޓާ ތަނަކަށް ވުމާއެކު އެންމެންގެ ރައްކާތެރިކަމަށްޓަކައި ސާމްޕަލް ދޭން އެދިފައިވާނެ" ފުލުހުން ވިދާޅުވިއެވެ.

Advertisement
Allied Insurance — Square (box)

ފުލުހުން ވިދާޅުވީ ސާމްޕަލް ދޭން އެދުނު ނަމަވެސް އެއެންމެން ވެސް އިންކާރު ކޮށްފައިވާތީ އެއްވެސް މީހެއްގެ ސާމްޕަލް ނަގާފައި ނުވާނެ ކަމަށެވެ.

މިއަދު އިދިކޮޅުން ބޭއްވި މުޒާހަރާ ތެރެއިން 38 މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް