Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ތިނަދޫގައި އިމާރާތަކުން މީހަކު ވެއްޓި އަނިޔާވެއްޖެ

ތިނަދޫގައި އިމާރާތަކުން މީހަކު ވެއްޓި އަނިޔާވެއްޖެ

ގދ. ތިނަދޫގައި އިމާރާތަކުން ފިރިހެނަކު ވެއްޓި އަނިޔާ ވެއްޖެއެވެ.

ތިނަދޫ ޢަބްދުއްސަމަދު ރީޖަނަލް މެމޯރިއަލް ހޮސްޕިޓަލުގެ ސީނިއަރ ކަސްޓަމަރ ރިލޭޝަންސް ސާލިމް ޢަލީ "ދެން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އިމާރާތަކުން ވެއްޓިގެން އަނިޔާވެފައި ވަނީ އުމުރުން 43 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށާއި އޭނަގެ ހާލު މިވަގުތު ސްޓޭބަލް ކަމަށެވެ.

"ޕޭޝަންޓް ސްޓޭބްލް މިހާރު. މާ ބޮޑު އަނިޔާއެއް ނުވޭ. ވެއްޓުމުގެ ތެރޭގައި ނިތްކުރި ކައިރިން ނޭފަތްމަތިން ފަޅައިގެން ގޮސްފައި ވަނީ. އަދި އޮތީ ހޮސްޕިޓަލުގައި އޮބްޒަވޭޝަންގައި އެޑްމިޓު ކޮށްފަ" ސާލިމް ވިދާޅުވިއެވެ.

Advertisement
HDC — Sidebar (box)

އެމީހާ ހޮސްޕިޓަލަށް ގެނައީ ގާތްގަނޑަކަށް މިރޭ 8:30 ހާއިރު ކަމަށް ވެސް ސާލިމް ވިދާޅުވިއެވެ. އަނިޔާވި މީހާގެ ކައްޓަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށް ވެސް ވިދާޅުވިއެވެ.

އެމީހާ ވެއްޓުނީ އެހާ އުސް އިމާރާތަކުން ނޫން ކަމަށާއި، އެއިމާރާތުގައި މެޗެއް ބަލަން ތިއްބާ، އިމާރާތުގައި ހުރި ކުޑަ ގޮޅިއެއްގެ ތެރެއިން އެމީހާ ވެއްޓުނީ ކަމަށް މައުލޫމާތު ލިބޭ ކަމަށް ތިނަދޫއިން މައުލޫމާތު ދިން މީހަކު ބުނެފައި ވެއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް