Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ލައިސެންސް ނެގުން ހުއްޓުމާ ގުޅިގެން ޓްރާންސްޕޯޓް މިނިސްޓްރީ ތެރޭގައި މުޒާހަރާ ކުރަނީ

ލައިސެންސް ނެގުން ހުއްޓުމާ ގުޅިގެން ޓްރާންސްޕޯޓް މިނިސްޓްރީ ތެރޭގައި މުޒާހަރާ ކުރަނީ

ކޮވިޑް19ގެ ތިންވަނަ ރާޅާއެކު އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރެއިން ލައިސަންސް ނެގުން ހުއްޓިފައިވާތީ އެކަމާ ދެކޮޅަށް ޓްރާންސްޕޯޓް މިނިސްޓްރީ ތެރޭގައި މުޒާހަރާ ކުރަމުން އެބަދެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީ ތެރޭގެ ރިސެޕްޝަން ސަރަހައްދުގައި އެއްވެ ތިބި ޒުވާނުން އަޑު އުފުލަމުން ދަނީ އާމްދަނީ ހޯދުމަށް އެމީހުން ކުރާ މަސައްކަތް ހުއްޓާ ނުލުމަށާއި އެޗްޕީއޭގެ ގަވާއިދުގެ ދަށުން އެމީހުންނަށް ވެސް ފުރުސަތު ދިނުމަށެވެ. އަދި ޖޫރިމަނާތައް އިތުރުވަމުންދާ މިދަނޑިވަޅުގައި ލައިސަންސް ދީފައި ޖޫރިމަނާ ކުރުމަށް ވެސް އިހުތިޖާޖު ކުރަމުންދާ މީހުން ދަނީ ގޮވާލަމުންނެވެ.

އިހުތިޖާޖުގެ ބައިވެރީން މިނިސްޓްރީގެ އިސްބޭފުޅަކާ ބައްދަލު ކުރުމަށް މަސައްކަތް ކުރެއްވި ނަމަވެސް އެކަން ވެސް ކާމިޔާބު ނުވިކަމަށް އިހުތިޖާޖުގެ ބައިވެރިއަކު "ދެން"އަށް މައުލޫމާތު ދިނެވެ. އޭނާ ބުނީ މި މައްސަލައިގައި އިތުރު މުޒާހަރާތައް ކުރުމަށް ވެސް މުޒާހަރާގެ ބައިވެރީން ވިސްނަމުންދާ ކަމަށާއި މިކަމަށް ހައްލެއް ލިބެންދެން އަޑުއުފުލުމުގައި ދެމި ތިބޭނެ ކަމަށެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް