Thursday, 29 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ދެ ބިދޭސީއަކު ހިންގި މާރާމާރީއެއްގައި ޒަޚަމްވި މީހަކަށް ފަރުވާދެނީ

ދެ ބިދޭސީއަކު ހިންގި މާރާމާރީއެއްގައި ޒަޚަމްވި މީހަކަށް ފަރުވާދެނީ

އެން ދަމަން ތިބި ދޯންޏެއްގައި ދެ ބިދޭސީއަކު ހިންގި މާރާމާރީއެއްގައި އެކަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމް ކޮށްލައިފިއެވެ.

ފުލުހުން ވިދާޅުވީ މާރާމާރީގައި އަނިޔާވި މީހާއަށް ތ. ވޭމަންޑޫ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށެވެ.

ފުލުހުން ބުނީ އެން ދަމަން އޮތް ދޯންޏެއްގައި ދެ ބިދޭސީ އެއްގެ ދެމެދުގައި ހިންގި މާރާމާރީއެއްގައި އެކެއްގެ ގަޔަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލާފައިވާ މައްސަލައެއް ރޭ 03:50 ހާއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

Advertisement
Ooredoo — Square (box)

ފުލުހުން ބުނީ މި މައްސަލަ އާ ގުޅިގެން ބަންގްލަދޭޝްގެ 42 އަހަރުގެ ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް