ޖިންސީ ފުރައްސާރައިން ރައްކާތެރިވާން އައުރަ ނިވާކޮށް، މަހުރަމަކާ އެކީ ދަތުރު ކުރޭ : ޑރ. އިޔާޒް
ކޮވިޑް19 އިން ރައްކާތެރިވުމަށް މަސައްކަތް ކުރާ ފަދައިން ޖިންސީ ފުރައްސާރަތަކުން ރައްކާތެރިވުމަށް ވެސް މަސައްކަތް ކުރަން ޖެހޭ ކަމަށް ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުލް ލަތީފް ވިދާޅުވެއްޖެއެވެ.
ޑރ. އިޔާޒް މިހެން ވިދާޅުވީ މިކަމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.
ޑރ. އިޔާޒް ގެ ޓްވީޓުގައި އިސްލާމްދީނުގައި އަންގަވާފައިވާ ގޮތަށް އައުރަ ނިވާ ކުރުމާއި މަހުރަމަކާ ނުލާ ދަތުރު ނުކުރުމީ ޖިންސީ ފުރައްސާރަތަކުން ރައްކާތެރިވުމަށްޓަކައި ކުރެވިދާނެ ކަންކަން ގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ. އަދި ފާހިޝް އަމަލުތަކަށް މަގުފަހި ދޮރުތައް ބަންދުކުރުމަށް ވެސް ޑރ. އިޔާޒް ވަނީ ވިދާޅުވެފައެވެ.
#COVID19 in rakkatheri vaan masakkaiy kura fadhain jinsy furassaara kurumun rakkaatheri vaan ves masakkaiy kuran jehey. Egothun islam dhynugai angaavafaiva gothah nivaa vumai, mahram akaa nulaa dhathuru nukuran vy. Adhi faahish kan kamah magu fahivaa dhoru thah bandhu kuran vy.
— Dr Mohamed Iyaz (@dr_iyaz) July 12, 2020
ފަހަކަށް އައިސް ޖިންސީ ގޯނާ އާ ފުރައްސާރައިގެ މައްސަލަތައް އިތުރުވެފައިވާއިރު ދިވެހިންގެ ތެރޭގައި އެންމެ ގަދަޔަށް ޒުވާބު ކުރެވޭ އެއް ވާހަކައަކީ ރޭޕް ކުރަނީ ލާ ހެދުމުން ނޫން ކަމަށް ބުނެއެވެ.