Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

2 ޑޯޒް ވެކްސިން ޖެހުމަށްފަހު ރަށްރަށަށް ގޮސް ކަރަންޓީން ވާކަށް ނުޖެހޭނެ

2 ޑޯޒް ވެކްސިން ޖެހުމަށްފަހު ރަށްރަށަށް ގޮސް ކަރަންޓީން ވާކަށް ނުޖެހޭނެ

ދެ ޑޯޒު ފުރިހަމަކޮށް ވެކްސިން ޕާސްޕޯޓާއެކު ރަށްރަށަށް ދާ މީހުން ކުރިއަށް އޮތް ތަނުގައި ކަރަންޓީނު ވާން ނުޖެހޭނެ ކަަމަށް ހެލްތް މިނިސްޓަރ އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވެފައި ވަނީ "ދިވެހިރާއްޖޭގެ އަޑު" އިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ނަސީމް ވިދާޅުވީ، ކޮވިޑް ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށް ވެކްސިން ޕާސްޕޯޓާއެކު، ދަތުރުކުރުމާއި ރާއްޖޭގެ އެއް ތަނުން އަނެއް ތަނަށް އެއްވެސް ދަތިކަމެއް ނެތި ދެވޭނެ ކަމަށެވެ.

"ދެ ޑޯޒު ފުރިހަމަކޮށް ވެކްސިން ޕާސްޕޯޓް އޮތީ ވިއްޔާ، ދަތުރުކުރުމާއި ރާއްޖޭގެ އެއް ތަނުން އަނެއް ތަނަށް ވެސް ދަތިކަމެއް ނެތި ދެވޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.

Advertisement
Allied — Dhen Online (box)

މިނިސްޓަރ އިތުރަށް ވިދާޅުވީ ކުރިޔަށް އޮތް ހަތަރު ވަރަކަށް މަސް ތެރޭގައި ވެކްސިން ޕާސްޕޯޓު ދޫކުރުމަކީ ސަރުކާރުގެ ވިސްނުން ކަމަށެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް މިހާތަނަށް މުޅި ރާއްޖެއިން ޖުމްލަ 145،768 މީހުންނަށް ވެކްސިން ދީފައި ވެއެވެ. މާލެ ސަރަޙައްދުގައި ވެކްސިން ދިނުމަށް ގާއިމް ކޮށްފައިވާ 6 ސެންޓަރުން މިހާތަނަށް ޖުމްލަ 87،045 މީހުންނަށް ވެކްސިން ދީފައިވާއިރު އަތޮޅުތެރޭގެ ދެ ސެންޓަރުން މިހާތަނަށް ޖުމްލަ 58،723 މީހަކަށް ވެކްސިން ދީފައި ވެއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް