ޚަބަރު

ރާއްޖޭގައި ޓީޗަރ ބޭސްޑް އެސިސްމެންޓަކަށް ނުދާނެ: އެޑިއުކޭޝަން މިނިސްޓަރު

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

އޭލެވެލް އިމްތިހާނު ބާއްވާއިރު ދަރިވަރުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ، ޓީޗަރ ބޭސްޑް އެސެސްމެންޓަކަށް ދިއުމުގެ ފުރުސަތު އޮވެދާނެތީ ކަމަށާއި، އެހެން ނަމަވެސް ރާއްޖޭގައި ޓީޗަރ ބޭސްޑް އެސެސްމެންޓަކަށް ނުދާނެ ކަމުގެ ޔަގީިންކަން ދެއްވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޢާއިޝަތު އަލީ ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އައިޝަތު އަލީ ވިދާޅުވީ، މިއަހަރުގެ އޭލެވެލް އިމްތިހާނު ރާއްޖޭގައި ބޭއްވޭނެ ކަމުގެ ޔަގީން އެބައޮތް ކަމަށާއި، އޭލެވެލް އިމްތިހާނު ބާއްވާއިރު ދަރިވަރުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ޓީޗަރ ބޭސްޑް އެސެސްމެންޓަކަށް ދިއުން ނަމަވެސް އެފަދަ ގޮތަކަށް އިމްތިހާނު ނުބާއްވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

މިއަހަރުގެ މޭ,ޖޫން މަހުގެ އިމްތިހާނު މާރޗު މަހުގެ ތިންވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު، އެ އިމްތިހާންގައި ބައިވެރިވުމަށް މި މަހުގެ 11 ގެ ކުރިން އެޕްލިކޭޝަން ހުށަހަޅަން ޖެހެއެވެ. އެޑިޔުކޭޝަން މިނިސްޓްރީން ބުނެފައި ވަނީ ސުންގަޑިއަށް ފަހު ރެޖިސްޓްރޭޝަނަށް އިތުރު މުއްދަތެއް ނުލިބޭނެ ކަމަށާއި މި އިމްތިހާނުގެ ނަތީޖާ އޮގަސްޓު 10 ވަނަ ދުވަހު ލިބޭނެ ކަމަށެވެ. އަދި ޕޭޕަރު މާކުކޮށް ސެޓްފިކެޓު ދޭނީ އެޑެކްސެލްއިން ކަމަށް ވެސް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ހާމަ ކުރައްވައިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!