Thursday, 29 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ދޮގު ހެދުން: އެތައް ގުޅުމެއް ކެނޑުމަށް މެދުވެރިވާ ވަރަށް ބޮޑު ސަބަބެއް

ދޮގު ހެދުން: އެތައް ގުޅުމެއް ކެނޑުމަށް މެދުވެރިވާ ވަރަށް ބޮޑު ސަބަބެއް

ދޮގު ހެދުމަކީ އަޅަމެންގެ މާތްވި އިސްލާމްދީނުގައި ވެސް ނަހީ ކުރައްވައިފައިވާ ކަމެކެވެ. ސަމާސާއަކަށް ނަމަވެސް ދޮގު ނުހަދާށެވެ. ކިތަންމެ ކުޑަ ކަމެއް ފޮރުވަން ހެދޭ އެންމެ ދޮގެއް ފޫބެއްދުމަށްޓަކައި ދޮގަކަށް ފަހު ދޮގެއް ހަދަން ޖެހެއެވެ. ހެދޭ ކޮންމެ ދޮގެއްގެ ސަބަބުން އާޚިރަތުގައި ތިމާއަށް އޭގެން ޙައްޤު އަދަބު ލިބިގެން ދާނެއެވެ.

ދޮގުހެދުމަކީ ދެމީހެއްގެ ދެމެދުގައި ނުވަތަ ގިނަ ބައެއްގެ ދެމެދުގައި އުފެދިފައި އޮންނަ އިތުބާރާއި އެކުވެރިކަން ގެއްލުވާލާ ނުރައްކާތެރި ހަތިޔާރެކެވެ. މިއަދު އަޅުގަނޑުމެންގެ މި ކުޑަކުޑަ މުޖުތަމައުގައި ވެސް ހެދޭ ކުޑަކުޑަަ ދޮގެއްގެ ސަބަބުން ކިތައް އާއިލާ ގުޅުން ކެނޑި ބައިބައި ވެފައި އެބަ ތިބި ހެއްޔެވެ؟ ކިތައް ރައްޓެހިން ބީ ރައްޓެހިންނަށް ބަދަލުވެފައި އެބަ ތިބި ހެއްޔެވެ؟ ގުނާ އަދަދު ނުކުރެވޭހާ ވެސް ގިނައިން މިފަދަ ޙާލަތްތަކާ ކުރިމަތިލަމުން އަންނަ އެތައް ބަޔަކު އެބަ ތިއްބެވެ.

ހަގީގަތުގައި ދޮގު ހަދަނީ އަނެކާ އެކަމާ ދެރަ ވެދާނެތީ އެކަމުން އަނެކާ ސަލާމަތް ކުރަން ކަމަށް ވެދާނެއެވެ. އަދި އެފަދައިން އޭނާ އެކަމުގެ ހަގީގަތް ނޭނގި ހުރެ އަނދިރިކަމުގައި ހުރެގެން އެކަމާ ހިތްހަމަ ޖެހިދާނެއެވެ. އެހެން ނަމަވެސް ފަހުން ހަގީގަތް އެނގޭ ހިސާބުން އެވަގުތު ލިބުނު ހިތްހަމަ ޖެހުމަށް ވުރެ ދެން ލިބޭ ވޭން މާ ބޮޑު ވާނެއެވެ.

Advertisement
Allied — Dhen Online (box)

މިކަމަކީ މިއަދު ވަރަށް ގިނަ ބަޔަކު ނޭނގި ނަމަވެސް ކުރާ ވަރަށް ވިޔާ ނުދާ ޢަމަލެކެވެ. އެކަމެއްގެ ސަބަބުން ފިތުނަތައް މެދުވެރިވާން ދިމާވާ ވަރަށް ނުބައި އަމަލެކެވެ. އެހެންކަމުން ކިތަންމެ ކުޑަ ކަމެއް ނަމަވެސް އަދި ސަމާސާއަކަށް ނަމަވެސް ދޮގު ނުހަދާށެވެ، ކިތަންމެ ހިތްދަތިވީ ނަމަވެސް އަދި ކިތަންމެ ޖެހިލުން ވީ ކަމުގައި ވީ ނަމަވެސް ތެދު ބުނަން އާދަ ކުރާށެވެ. ދޮގު ހެދުމަކީ ހަމަ ޔަގީނުން ވެސް ގުޅުން އެއްކޮށް ހީނަރު ކޮށްލަން މެދުވެރިވާ ކަމެކެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް