ޚަބަރު

ނަޝީދު ރުޅި އަންނަނީ މެނިފެސްޓޯގައި ބަރުލަމާނީއަށް ފުރޮޅާލާ ވައުދު ނެތުމުން: މަލީޙު

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ކޯފާވެގެން އުޅުއްވަނީ، އެއްވެސް މެނިފެސްޓޯއެއްގައި ބަރުލަމާނީ ނިޒާމަށް ފުރޮޅާލުމުގެ ވައުދު ހިމަނާފައި ނުވާތީކަމަށް ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެއެވެ.

Ads by MWSC

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލަށް ރައީސް ނަޝީދު ކުރައްވާފައިވާ ތުހުމަތަށް އިޝާރާތް ކުރައްވާ މަލީހު ވިދާޅުވީ، ރައީސް ނަޝީދު ކޯފާވެގެން އުޅުއްވަނީ، ކޯލިޝަން ސަރުކާރުގެ ޖަޒީރާ މެނިފެސްޓޯ އާއި، އެމްޑީޕީގެ އެޖެންޑާ 19 މެނިފެސްޓޯގައި ވެސް، ރާއްޖޭގެ ވެރިކަންކުރާ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ފުރޮޅާލުމުގެ ވައުދު ހިމަނާފައި ނުވާތީ ކަމަށެވެ.

އެ ވައުދު އެއިން އެއްވެސް މެނިފެސްޓޯއެއްގައި ހިމަނަން ވެސް އަދި، ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ފުރޮޅާލަން ވެސް އެމްޑީޕީ ސަރުކާރުން ބޭނުން ނުވާކަން ވަރަށް ސާފު ކަމަށް މަލީޙު ވިދާޅުވެފައިވެއެވެ.

މިނިސްޓަރުކަމުގެ މަގާމުން މަލީހު ވަކިކުރުމަށް މަޖިލީހުގައި އިތުބާރު ނެތްކަމުގެ ވޯޓް ނެގި ދުވަހު ވެސް މަލީހު ވަނީ ރައީސް ނަޝީދާއި އެމްޑީޕީއަށް މިފަދަ ބަހުގެ ހަމަލާތަކެއް ރައްދުކޮށްފައެވެ.

Ads by PNC
  1. ޖާނޭ

    ތިޔައޮތީ ރާތިބު ނިމިފައި. ދެން ދަމަކުން ބަޑިއެއް ޖަހާހެން އެއްޗެކޭ ބުނެލުން ފިޔަވައި މަލީހު ފަކީރަށް ކުރެވޭނެ ކަމެއް މިވަޤުތަކު ނެތް