ޚަބަރު

ކޮވިޑް-19ގެ ދިފާއުގައި ވެކްސިން ޖެހި މީހުންގެ އަދަދު ދޮޅުލައްކައިން މައްޗަށް

މުޙައްމަދު ޝިފާއު ، ދެން އޮންލައިން
ވެކްސިން ޖެހުމުގެ ކުރިން މަޢުލޫމާތު އެއްކުރަނީ.. ދެން އިމޭޖްްސް/އިބްރާހީމް ޝަމްވީލް

ކޮވިޑް-19 އިން ރައްކާތެރިވުމަށް މިއަދު އަތޮޅު ތެރެއިން, 3،827 މީހުންނަށާއި، އަދި މާލެ ސަރަޙައްދުން 2،048 މީހުންނަށް ވެކްސިން ދީފިއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާންމު ކޮށްފައިވާ ޑޭޓާއަަށް ބަލާއިރު 5،875 މީހުންނަށް މިއަދު ކޮވިޑަށް ވެކްސިން ދީފައި ވެއެވެ. އަދި މިހާތަނަށް މުޅި ރާއްޖެއިން ޖުމްލަ 151،643 މީހުންނަށް ވެކްސިން ދީފައި ވެއެވެ.

މާލެ ސަރަޙައްދުގައި ވެކްސިން ދިނުމަށް ގާއިމް ކޮށްފައިވާ 6 ސެންޓަރުން މިހާތަނަށް ޖުމްލަ 89،093 ،މީހުންނަށް ވެކްސިން ދީފައިވާއިރު އަތޮޅުތެރޭގެ ދެ ސެންޓަރުން މިހާތަނަށް ޖުމްލަ 62،550 މީހަކަށް ވެކްސިން ދީފައި ވެއެވެ.

އެޗްޕީއޭއިން އާއްމުކޮށްފައިވާ ސާވޭލަންސް ޑޭޓާއަށް ބަލާއިރު މިއަދު ރާއްޖެއިން ކޮވިޑަށް ފައްސި ވެފައިވަނީ މާލެއިން 92 މީހުންނާއި، އަތޮޅުތެރެއިން 10 މީހަކާއި، ހިންގަމުން އަންނަ ރިސޯޓުތަކުން 29 މީހުންނެވެ.

މިހާރު ރާއްޖެއިން މިބައްޔަށް ޖުމްލަ 20،663 މީހުން ފައްސި ވެފައިވެއެވެ.

ރާއްޖެއިން މިހާރު ކޮވިޑް ބަލިން ފަސޭހަ ވެފައިވަނީ ޖުމްލަ 18،124 މީހުންނެވެ. އަދި މިބަލީގައި ރާއްޖެއިން 64 މީހުން ނިޔާވެެފައި ވެއެވެ.

ހޮސްޕިޓަލުތަކުގައި މިހާރު ފަރުވާ ހޯދަމުން ދަނީ 166 މީހުންނެވެ.

ރާއްޖެއިން ކޮވިޑަށް ޓެސްޓު ކުރަން މިހާރު 551،978 ސާމްޕަލް ނަގައިފައި ވެއެވެ.

Ads by HDC
  1. ޢީސަދަރި

    ޥެކްސިން ޖަހާ މިހުންވަނީ ގިނަ. ބަލި ޖެހޭ މީހުންވަނީ އިތުރު.