ޚަބަރު

ކޮވެކްސް އިން ރާއްޖެއަށް 12،000 ޑޯޒްގެ ކޮވިޝީލްޑް ވެކްސިން ހަދިޔާކޮށްފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކޮވިޑް-19 ވެކްސިންސް ގްލޯބަލް އެކްސެސް (ކޮވެކްސް) އިން ރާއްޖެއަށް ކޮވިޝީލްޑް ވެކްސިންގެ 12،000 ޑޯޒް ހަދިޔާ ކޮށްފިއެވެ.

ކޮވެކްސް އިން މިއަދު ކޮވިޝީލްޑް ވެކްސިން ގެ 12،000 ވެކްސިން ހަދިޔާ ކޮށްފައިވާއިރު، މީގެ ކުރިން ވެސް ވެކްސިން ޖަހަން ބޭނުންކުރާ 100،000 ސިރިންޖު އަދި އެހެނިހެން އާލަތްތައް އެ އިނީޝިއޭޓިވް އިން ވަނީ ރާއްޖެއަށް ހަދިޔާ ކޮށްފައެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް ވެކްސިން ދިނުމުގައި ރާއްޖޭގެ އެހެން ޤައުމުތަކާއި އަޅާބަލާއިރު، ރާއްޖެއިން އަންނަނީ ނިސްބަތުން ބޮޑު ކުރިއެރުމެއް ހޯދަމުންނެވެ.

އެގޮތުން ރާއްޖޭގައި މިހާތަނަށް 151،643 މީހުންނަށް ކޮވިޑުން ރައްކާތެރިވުމުގެ ވެކްސިން ދީފައިވެއެވެ. އެއީ މާލޭ ސަރަޙައްދުގެ 89،093 މީހުންނަށާއި އަތޮޅުތެރެއިން 62،550 މީހަކަށެވެ.

ރާއްޖޭގައި މިހާރު ކޮވިޑަށް ފައްސި ވެފައިވާ މީހުންގެ އަދަދު ވަނީ 20،794 އަށް އަރާފައެވެ. އަދި 18،124 މީހަކު މިބަލިން ރަނގަޅު ވެފައިވާއިރު، 64 މީހަކު ރާއްޖެއިން މިބަލީގައި ނިޔާވެފައިވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!