ޚަބަރު

ރިޟްވާން މައްސަލައިގެ ފުރިހަމަ ރިޕޯޓެއް މިއަހަރުގެ ނިޔަލަށް ލިބިގެންދާނެ: ރައީސް ޞާލިޙް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ވަގަށް ނަގައިގެން ގެއްލުވާލާފައިވާ މިނިވަން ނޫސްވެރިޔާ އަހުމަދު ރިޟްވާންގެ މައްސަލައިގެ ފުރިހަމަ ރިޕޯޓެއް މިއަހަރުގެ ނިޔަލަށް ލިބިގެންދާނެ ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި މާލެ ސިޓީގެ ކައުންސިލަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ ކެންޑިޑޭޓުންނާއެކު މިރޭ ބޭއްވި "ރަށްވެހި ފަތިސް" ކެމްޕޭން އިވެންޓްގެ ތެރޭގައި ރައީސް ޞާލިޙު ވިދާޅުވީ ރިޟްވާންގެ އާއިލާއަށް ކޮމިޝަންގެ ފަރާތުން އަޕްޑޭޓް އަރުވަމުން ގެންދާ ކަމަށެވެ.

މިހާރު ކުރެވެމުން ދަނީ ބޭރުގެ އެކްސްޕާޓަކާއެކު ކުރެވޭ މަސައްކަތްތަކެއް ކަމަށާއި ބޭރަށް ފޮނުވައިގެން ބައެއް ތަކެތީގެ ތަހުލީލު ކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށް ވެސް ރައީސް ޞާލިޙު ވިދާޅުވިއެވެ.

އެ އެކްސްޕާޓްގެ މަސައްކަތާއެކު އެއް އަހަރުގެ މުއްދަތެއްގެ ތެރޭގައި މުޅި މައްސަލަ ނިމުމަކާ ހަމަޔަށް ގެނެސްދެވޭނެ ކަމަށާއި އެއަށްފަހު ފުރިހަމަ ރިޕޯޓެއް ލިބިގެންދާނެ ކަމަށް ރައީސް ޞާލިޙު ވިދާޅުވިއެވެ.

މި މައްސަލައިގެ ތަހުގީގަކީ ބުރަ އުނދަގޫ މަސައްކަތެއްކަން ވެސް ރައީސް ޞާލިޙު ވަނީ ފާހަގަ ކުރައްވާފައެވެ.

ރިޟްވާން ގެއްލުވާލާފައި ވަނީ 2014 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 8 ވަނަ ދުވަހުގެ ރެއެވެ. ހުޅުމާލެއިން ރިޟްވާން ވަގަށް ނަގައި، ހުޅުމާލޭ ފަޅުގައި އަޅާފައި އޮތް ޑިންގީއަކަށް އަރުވައިގެން ގޮސް ކަނޑުގައި އޮތް އެހެން އުޅަނދަކަށް އެރުވުމަށް ފަހު އޭނާ ވަނީ މަރާލާފައި ކަމަށް ރިޔާސީ މަރު ކޮމިޝަނުން މީގެ ކުރިން ވަނީ ހާމަ ކުރައްވާފައެވެ.

Ads by PNC
  1. މުހަންމަދު

    މޮޅު ދޮގެއް…..