Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ކޮވިޑަކީ ރައްޔިތުންނަށް ބަލިމަޑުކަމެއް، ސަރުކާރަށް ޢީދެއް: ޝިޔާމް

ކޮވިޑަކީ ރައްޔިތުންނަށް ބަލިމަޑުކަމެއް، ސަރުކާރަށް ޢީދެއް: ޝިޔާމް

ރާއްޖޭގައި ވެސް ފެތުރިފައިވާ ކޮވިޑް-19 އަކީ ރައްޔިތުންނަށް ބަލިމަޑު ކަމަކަށްވި ނަމަވެސް ސަރުކާރަށް ވެފައި ވަނީ ޢީދަކަށް ކަމަށް ރައްޔިތުންގެެ މަޖިލީހުގެެ ނައިފަރު ދާއިރާގެ މެެންބަރު އަދި އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލިސް ޖަލްސާގައި، ރިސޯޓުތަކުގެ މުވައްޒަފުން އާއިލާތަކާއި ބައްދަލު ނުކުރެވި ރިސޯޓުތަކުގައި ތާށިވެފައި ތިބޭތީ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް ހުށަހެޅުއްވެވި މައްސަލައަށް ބަހުުސް ކުރައްވަމުން މެމްބަރު ޝިޔާމް ވިދާޅުވީ، ކޮވިޑް-19 ގެެ ބަލިމަޑުކަމަކީ ސަރުކާރަށް ކޮރަޕްޝަނާއި ވައްކަން ހިންގުމަށް ލިބުނު ފުރުސަތެެއް ކަމަށެވެެ.

ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހަށް އަލިއަޅުވާލައްވަމުން ޝިޔާމް ވިދާޅުވީ، ރާއްޖޭގެ ރިސޯޓުތަކުގައި މަސައްކަތް ކުރަނީ އެންމެ 13 އިންސައްތަ އަންހެނުން ކަމަށާއި، އޭގެ ތެރޭގައި ހިމެނެނީ ތިން އިންސައްތަ ދިވެހިން ކަމަށެވެ.

Advertisement
Ooredoo — Truecaller (box)

މީގެއިތުރުން ރިސޯޓުތަކުގައި ވެެކްސިން ދިނުމުގެެ މަސައްކަތް ކުރަމުން ދިޔަ ނަމަވެސް ރާއްޖޭގެ ހުރިހާ ރިސޯޓުތަކެއްގައި އެކަން އެންމެ ފުރިހަމައަށް ނުކުރާކަން ފާހަގަކޮށް، ފަތުރުވެރިންނަށް ރަށް ރަށަށް ދެވޭ އިރު ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އެ ފުުރުސަތު ނޯންނަކަން ވެސް މެމްބަރު ޝިޔާމް ފާހަގަ ކުރެއްވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް