ޚަބަރު

ކޮވިޑް-19:ކޮވިޑް-19 ގެ ދެވަނަ ޑޯޒް މާލޭގައި ޖަހަން ފަށަނީ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ވެކްސިން ޖަހަނީ-- ދެން އިމޭޖްސް/އިބްރާހީމް ޝަމްވީލް

ކޮވިޑް-19 އިން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ ފުރަތަމަ ޑޯޒް ދިނުން، މާލެ ސަރަހައްދުގައި މިމަހުގެ 15 ދުވަހު ނިންމާލާނޭ ކަމަށާއި މާލޭގައި ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން ފަށަން ތައްޔާރުވަމުން އަންނަ ކަމަށް ހެލްތު މިނިސްޓަރ އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ އައު އިމާރާތުގެ ބިންގާ އެޅުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ނަސީމް ވިދާޅުވީ މާލެ ސަރަހައްދުގައި މިހިނގާ މާރިޗު މަހުގެ 15ވަނަ ދުވަހުން ފެށިގެން ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުން ނިިމުމަކަށް ގެންނާނެ ކަމަށާއި އެއަށް ފަހު ދެވަނަ ޑޯޒް ޖެހުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.

"އެހެންވީމާ މިމަހުގެ 15 ވަނަ ދުވަހާ ހަމައަށް، އަޅުގަނޑުމެން ޚިޔާލު ކޮށްގެން މިތިބީ 15 ވަނަ ދުވަހު މާލޭގައި ފުރަތަމަ ޑޯޒް ޖެހުން ނިމުމަކަށް ގެންނަން. ދެން އަޅުގަނޑުމެން މާލޭގައި ފައްޓާނީ ދެވަނަ ޑޯޒް ޖެހުން" ނަސީމް ވިދާޅުވިއެވެ.

ނަސީމް ވިދާޅުވީ ބަލިން ރައްކާތެރިވުމަށް ވެކްސިންގެ ދެވަނަ ޑޯޒް ޖެހުން މުހިންމު ކަމަށާއި މިމަސައްކަތް ފައްޓަވަން ޖެހޭ ކަމަށެވެ. މީގެ އިތުރުން ރާއްޖޭގެ ސިއްހީީ ނިޒާމުގައި ދުވާލެއްގެ މައްޗަށް 10،000 ވެކްސިން ޑޯޒްް ޖެހުމުގެ ޤާބިލްކަން އެބަހުރި ކަމަށް ވެސް ނަސީމް ވިދާޅުވިއެވެ. އަދި މާލޭގައި 15 ވަނަ ދުވަހާ ހަމައަށް ހުރިހާ ރައްޔިތުންނަށް މެކްސިމަމް ކެޕޭސިޓީގައި ވެކްސިން ދީ ނިންމާލެވޭނެ ކަން ނަސީމް ފާހަގަ ކުރެއްވިއެވެ.

"އިރާދަކުރެއްވިއްޔާ މާލޭގެ ހުރިހާ ރައްޔިތުންނަށް މި ފުރުސަތުގެ ތެރޭގައި ފުރަތަމަ ޑޯޒް ޖަހައި ނިންމާލެވޭނެ" މިނިސްޓަރ ނަސީމް ވިދާޅުވިއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މިހާރު ރާއްޖޭގައި ޖުމްލަ 151،643 މީހުންނަށް ވެކްސިން ދީފިއެވެ. އެއީ މާލެ ސަރަޙައްދުން 89،093 މީހުންނާއި އަތޮޅުތެރެއިން 62،550 މީހުންނަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!