Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ބިދޭސީންގެ ނުރުހުމުގައި އެމީހުން އަނބުރާ ގައުމަކަށް ނުފޮނުވޭނެ: ނަޝީދު

ބިދޭސީންގެ ނުރުހުމުގައި އެމީހުން އަނބުރާ ގައުމަކަށް ނުފޮނުވޭނެ: ނަޝީދު

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން، އެ މީހުންގެ ނުރުހުމުގައި އަނބުރާ ގައުމަށް ފޮނުވާލުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދަން ރައްޔިތުންގެ މަޖިލީހަށް މިއަދު ވަނީ ކުއްލި މައްސަލައެއް ހުށަހަޅާފައެވެ. މި ކުއްލި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމްއެވެ. މި މައްސަލަ އަށް ބަހުސް ކުރަން ފާސްކުރީ 35 މެމްބަރުންގެ ވޯޓާއެކުއެވެ.

އެ މައްސަލައާ ގުޅިގެން ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގައި ގަވާއިދާ ހިލާފަށް 75،000 އެއްހާ ބިދޭސީން އުޅޭ ކަމަށެވެ. އަދި އެމީހުންގެ ނުރުހުމުގައި އެމީހުން ގައުމަށް އަނބުރާ ފޮނުވާލުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެމީހުން އަނބުރާ ފޮނުވާލަން މަސައްކަތްކުރާ ގައުމުގެ ރުހުންވެސް އެކަމަށް ބޭނުންވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

Advertisement
HDC — Sidebar (box)

"އަޅުގަނޑު ވަރަށް ސާފުކޮށް ދަންނަވަން ބޭނުން މި ރަށުގައި މިތިބި 75،000 ބިދޭސީން ފޮނުވާލެވޭނެ ގޮތެއް އެއީ ދުނިޔޭގެ އެއްވެސް ގައުމަކަށް ފެނިފައި އޮތް ގޮތެއް ނޫން،" މަޖިލިސް ރައީސް ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ، އިގްތިސޯދީ ސަބަބަކަށްޓަކައި ނުވަތަ އިންސާނީ ހައްގުތައް ގެއްލިދާތީ ނުވަތަ އެހެންވެސް މައްސަލައަކާ ހެދި އެއްގައުމުން އަނެއް ގައުމަށް މަސައްކަތަށާއި އެހެން ވެސް ކަމަކު ހިޖުރަކުރާ މީހުން އަލުން އަނބުރާ ފޮނުވާލުމަކީ ދުނިޔެ ދުވަހަކުވެސް ދެކެފައި އޮތް މަންޒަރެއް ނޫން ކަމަށެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް