ރިޕޯޓް

ފައްސިވާ މީހުންގެ އަދަދު އިތުރު ވަނީ، ނުރައްކަލުގެ ރަނގަބީލެއް!

ދެން އެމްވީ ، ދެން އޮންލައިން

މިއަހަރު ފެށުނީއްސުރެ މުޅިދުނިޔެއަށް ވެސް ކުރިމަތުވެފައިމިވާ އެންމެ ބޮޑު ވަބާއަކީ ފެތުރެމުން އަންނަ ނުރައްކާތެރި ބަލިމަޑުކަން ކަމުގައިވާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 ގެ މުސީބާތެވެ.

Ads by MWSC

އެއްވެސް ދައުވަތަކާއި ނުވަތަ އެންގުމަކާއި ނުލާ މުޅި ދުނިޔެއަށް ވެސް ފެތުރުނު މިބަލި، ރާއްޖެއާއި ހަމައަށް ވެސް މިވަނީ އައިސްފައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ ބޯޑަރުތައް ބަންދުވެ، މާލެ ސަރަޙައްދުގެ މިސްކިތްތަކުގައި ތަޅުލެވި، ސައިހޮޓާ ކެފޭ ރެސްޓޯރަންޓްތައް ބަންދުވެ މުޅި މާލެ ސަރަޙައްދުވެސް ފުރަބަންދު ކުރަން ސަރުކާރަށް މަޖުބޫރުވިއެވެ.

ގޭބަންދުގައި ތިން މަހަށްވުރެ ގިނަ ދުވަހު ތިބެން ޖެހުމަށްފަހު މިބަލިމަޑުކަން ވަރަށް ބޮޑަށް ކޮންޓްރޯލްވެ، ބަލި ޖެހޭ މީހުންގެ އަދަދު ވެސް ބޮޑުތަނުން މަދުވާން ފެށުމުން، ފުރަބަންދަށް ދެމުންދިޔަ ލުއިތައް ވެސް ދިޔައީ އިތުރުވަމުންނެވެ.

ްެއެގޮތުން މިމަހުގެ އެކަކުން ފެށިގެން މިވަނީ ވަރަށް ބޮޑަށް ލުއިތައް ދެވިފައެވެ. ބޭރަށް ނިކުންނަންވީމަ ވަކި ހުއްދައެއް ނަގާކަށް ނެޖެހެއެވެ. ފަސޭހަކަމާއެކު ހަމަ ދާންވީއެވެ.

ނަމަވެސް ލުއިތައް ދޭން ފެށުމުން އަނެއްކާވެސް މިފެންނަމުން ދަނީ ހިތާމަވެރި މަންޒަރެކެވެ. ކޮވިޑަށް ރާއްޖެއިން ފައްސިވާ މީހުން އިތުރުވުމުގެ އިތުރުން، ގިނައީ ވެސް ދިވެހިންނެވެ.

އެގޮތުން ފާއިތުވީ ތިން ދުވަހަށް ބަލާލާއިރު މިމަހުގެ 10ވަނަ ދުވަހު ޖުމްލަ 64 މީހުން ރާއްޖެއިން ކޮވިޑް އަށް ފައްސި ވެފައިވެއެވެ. އޭގެތެރެއިން 44 މީހުންނަކީ ދިވެހިންނެވެ.

އިއްޔެ ފައްސިވީ 47 މީހުން ފައްސިވެފައިވާއިރު އޭގެތެެއިން 43 މީހުންނަކީ ދިވެހިންނެވެ. އަދި މިއަދު ރާއްޖެއިން 67 މީހުން މިބައްޔަށް ފައްސިވެފައިވާއިރު އޭގެތެރެއިން 52 މީހުންނަކީ ދިވެހިންނެވެ.

ދުވަހުން ދުވަހަކަށް ފައްސިވާ މީހުންގެ އަދަދު އިތުރު މިވަނީ ކީއްވެ ހެއްޔެވެ؟ ކޮންމެ ދުވަހަކުމެ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ގޮތުން ކުރަންވީ ކަންކަމާއި ކުރެވިދާނެ އެތައް ކަމެއް އެޗްޕީއޭއިން އެއަންނަނީ ކިޔައިދެމުން ނޫން ހެއްޔެވެ؟ އެގޮތްގޮތަށް ޢަމަލު ނުކުރަންވީ އަދި އެކަންކަމަށް ބީރު ކަންފަތެއް ތިޔަ ދެނީ ކީއްވެހެއްޔެވެ؟

ތިމާއާއި އެހެން މީހުންގެ ރައްކާތެރިކަމަށްވުރެ، މީހުން ގިނަ ކޮށްގެން ޕާޓީ ކުރުމާއި މާސްކުވެސް ނާޅާ ސައިކަލު ބުރު ޖަހަން ނިކުމެ އުޅުން ހަމަ އެހާ މުހިންމު ހެއްޔެވެ؟

ފުރަބަންދުގެ ދުވަސްވަރު އުޅެން ޖެހުނު ހާލާއިމެދު ވިސްނާށެވެ. މިސްކިތްތައް ތަޅުލެވުމާއި ސްކޫލްތައް ބަންދުވުމުގެ އިތުރުން، ވަޒީފާ އަދާ ކުރަން ވެސް ނުދެވި ވަށައިގެން ބިރުވެރި ކަމެއްގެ ތެރޭގައި ގޭބަންދު ވެގެން ތިބެން ޖެހުމާއި ދޭތެރޭ ވިސްނާށެވެ. އަދި ތިޔަ ޢަމަލުތައް ރަނގަޅު ކުރާށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!