ޚަބަރު

ފިލި މައްސަލައިގައި ލުތުފީ ހަތް މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ 25 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރަމުން ދަނިކޮށް، ފިލި މައްސަލައިގައި ހަތް މަހާއި 18 ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

Ads by MWSC

މައްސަލަ ބެއްލެވި ޤާޟީ ވިދާޅުވީ މި ދައުވާއަކީ އަސާސީ އަދަބެއްގެ ގޮތުގައި 9 މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް އަންނަ މައްސަލައެއް ކަމުގައިވީ ނަމަވެސް، ލުތުފީ ކުށަށް އިއުތިރާފް ވެފައި ވާތީ ޤާނޫނުލް ޢުޤޫބާތުގައި ބުނާ ގޮތުގެ މަތިން އަދު އެއް ދަރަޖަ ލުއިކޮށް، 7 މަހާއި 18 ދުވަހަށް ޖަލަށް ލުމަށް ހުކުމްކުރާ ކަމަށެވެ.

ރާއްޖެއަށް 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތިން ވަނަ ދުވަހު ދީފައިވާ އުދުވާނީ ހަމަލާގައި އިސްވެ ހުރި އަބްދުﷲ ލުތުފީ ފިލައިގެން ސްރީލަންކާ ގޮސް އުޅުނު މައްސަލައިގާ ދައުލަތުން ކޮށްފައިވާ ދައުވާގެ އަޑުއެހުން ފެށީ މިދިޔަ ޖޫން މަހުގެ ތެރޭގައެވެ.

ލުތުފީގެ މައްޗަށް ކުރާ ދައުވާގައި ބުނެފައިވަނީ ބަލިވެގެން ބޭސްކުރުމަށް ދިޔުމަށް ދޫކޮށްފައިވާ ވަގުތީ ޓްރެވަލް ޑޮކިއުމެންޓްގެ ދަށުން 16 ޖެނުއަރީ 2010 ގައި އިންޑިއާ ދިޔުމަށް ފަހު 1 މެެއި 2019 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ އިދާރާއަކަށް އެންގުމަކާ ނުލާ ފިލައިގެން އުޅެފައިވާ ކަމަށެވެ.

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!