Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ފަޤީރުންގެ ދަފްތަރުގައި އަލުން ރެޖިސްޓްރީ ވުމަށް އަންގައިފި

ފަޤީރުންގެ ދަފްތަރުގައި އަލުން ރެޖިސްޓްރީ ވުމަށް އަންގައިފި

ފަޤީރުންގެ ދަފްތަރުގައި އަލުން ރެޖިސްޓްރީވުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އަންގައިފިއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ ފިޠުރު ޒަކާތާއި މުދަލު ޒަކާތް ބެހުމަށް އެމިނިސްޓްރީން އެކުލަވާލާ ފަގީރުންނާ މިސްކީނުންގެ ދަފްތަރު އެކުލަވާލުމުގެ މަސައްކަތް 21 ފެބްރުއަރީ 2021 އިން ފެށިގެން ކުރިއަށްދާ ކަމަށެވެ.

މިހާރު އިއުލާނު ކޮށްފައި ވަނީ ކުރީގައި އޮތް ދަފްތަރު އުވާލާ މުޅިން އާ ދަފްތަރެއް އެކުލަވާލުމަށް ކަމަށާއި އެހެންކަމުން ވޭތުވެދިޔަ އަހަރު ދަފްތަރުގައި ހިމެނިފައިވާ ފަރާތްތަކުން ވެސް އަލުން ފޯމު ހުށަހަޅަން ޖެހޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައި ވެއެވެ.

Advertisement
Allied Insurance — Square (box)

އެގޮތުން މާލެ ސިޓީ (މާލެ/ވިލިމާލެ/ހުޅުމާލެ) ގައި ދިރިއުޅޭ ފަރާތްތަކުން ފޯމު ހުށަހެޅުމަށް ރަސްމީކޮށް ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 9:00 އިން 13:00 އަށް އެމިނިސްޓްރީގެ ލޮބީގައި ކައުންޓަރެއް ހުޅުވިފައި ހުންނާނެ ކަމަށް ވެސް އެއިއުލާނުގައި ބުނެފައިވެއެވެ.

އޮންލައިންކޮށް ފޯމު ހުށަހަޅަން ބޭނުން ކަމުގައިވާނަމަ ގޫގްލް ފޯމް މެދުވެރިކޮށް ވެސް ހުށަހެޅޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް