ޚަބަރު

މިނިސްޓަރ އިމްރާން ފުލުހުންގެ އަންހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރި މައްސަލަ ސަމާލު ކަމަށް އައިސްފައެއް ނުވޭ: ރައީސް

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ، ފުލުހުންގެ އަންހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރި ކަމަށް ބެލެވޭ މައްސަލަ އެއްވެސް ވަރަކަށް ސަމާލުކަމަށް އައިސްފައި ނުވާ ކަމަށް ރައިސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

Ads by MWSC

ރައީސް މިހެން ވިދާޅުވީ މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމުގައި "ދެން"ގެ ނޫސްވެރިޔާ، މަރްޔަމް ވަހީދާ ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އެގޮތުން ހޯމް މިނިސްޓަރު އިމްރާން، ފުލުހުންގެ އަންހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރި މައްސަލައެއް ފެންމަތިވެފައި ވާ ކަމަށާއި، އެކަމާ ގުޅިގެން އެ އަންހެން މީހާ މީޑިއާ ތަކަށް މައުލޫމާތު ދިން ކަމަށާއި، އަދި އެ އަންހެން މީހާ ވަޒީފާއިން ވެސް ވަކި ކުރި ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ.

މީގެ އިތުރުން އިމްރާންގެ ފަރާތުން ޖިންސީ ފުރައްސާރަ ލިބުނު އަންހެން މިހާ ނިމިދިޔަ 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނުވަވަނަ ދުވަހު ހެނދުނު ރައީސް އޮފީސް ކައިރިން އިމްރާނާ ވަނީ ދިމާ ކޮށްފައެވެ. އެހެންނަމަވެސް މި މައްސަލަ ރައީސްގެ ސަމާލުކަމަށް އެއްވެސް ވަރަކަށް އައިސްފައިވޭތޯއާއި، މި މައްސަލަ ބެއްލެވުމަށް ކުރެވެމުން ދަނީ ކޮން މަސައްކަތް ތަކެއްތޯ ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ އެއްވެސް ފަރާތަކުން އެ މައްސަލަ އެމަނިކުފާނުގެ ސަމާލުކަމަށް އައިސްފައި ނުވާ ކަމަށެވެ. އަދި އޭގެ މައްސަލައެއް އޮތްތޯ ބައްލަވާނެ ކަމުގައި ވެސް ރައީސް ވިދާޅުވިއެވެ.

މިނިސްޓަރު އިމްރާން އަންހެނަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ އަޑުއިވޭ އޯޑިއޯއެއް މީގެ ކުރިން މީސް މީޑިއާގައި ވަނީ ދައުރުވެފައެވެ. އޯޑިއޯގައި އަންހެން މީހާ ވަނީ އަދާލަތު ޕާޓީގެ އޮފީހަށް ގެންގޮސް އޭނާގެ އުރަމަތީގައި ހިފައި އަނިޔާކުރި ކުރި ވާހަކަތަކެއް ކިޔައިދީފައެވެ. އޭނާ ކިޔައިދީފައިވާ ގޮތުގައި މިނިސްޓަރުގެ ފަރާތުން ގިނަ އަންހެނުންތަކަށް ވަނީ ފުރައްސާރަ ކުރިމަތިވެފައެވެ.

އެ އޯޑިއޯގައި ވާހަކަދައްކާ މީހާ ކިޔަނީ "ޔުމްނާ"އެއްގެ ވާހަކައެވެ. ބެލެވޭ ގޮތުގައި އެއީ މިނިސްޓަރު އިމްރާންގެ މިހާރުގެ އަނބިކަނބަލުން ޖެންޑާ މިނިސްޓަރީގެ ޑެޕިއުޓީ މިނިސްޓަރު ފާތިމަތު ޔުމްނާއެވެ. ޔުމްނާއާ އެ ވާހަކަތައް ކުރިން ވެސް ހިއްސާ ކޮށްފައި ވާނެ ކަމާއި ނަމަވެސް އެކަމުގައި ހިމޭނުން ހުންނަކަން ދޭހަވާ ގޮތަކަށް އޯޑިއޯގައި އެ އަންހެން މީހާ ބުނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!