Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ރަސްފަންނު ޕެވީލިއަން ހުޅުވުމުގެ މަސައްކަތް އަލުން ފަށައިފި

ރަސްފަންނު ޕެވީލިއަން ހުޅުވުމުގެ މަސައްކަތް އަލުން ފަށައިފި

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި ރަސްފަންނުގައި ތަރައްޤީކުރި ޕެވީލިއަންގެ މައްސަލަ ކޯޓުން ބޭރުގައި ހައްލުކޮށް އެތަން ހުޅުވުމުގެ މަސައްކަތް އަލުން ފަށައިފިއެވެ.

ސާދަ މިލިއަން ރުފިޔާ ޚަރަދުކޮށްގެން އެތަން ތަރައްގީ ކޮށްފައި ވަނީ އެމްޑަބްލިއުއެސްސީ އިންނެވެ. އަދި އެއަށްފަހު އެތަން ކުއްޔަށް ދީފައިވަނީ ސިބްކޯ ޕްރައިވެޓް ލިމިޓެޑަށެވެ.

ނަމަވެސް ސަރުކާރު ބަދަލުވުމުން، މިސަރުކާރުން ވަނީ އެތަން ހުސް ކުރުމަށް އަންގާ ސިބްކޯއާއެކު ހަދާފައިވާ އެއްބަސްވުން ބާތިލް ކޮށްފައެވެ. އެ މައްސަލަ ސިބްކޯ އިން ސިވިލް ކޯޓަށް ހުށަހެޅުމުން އެތަން ހުސް ކުރުން މަޑު ޖައްސާލުމުގެ އަމުރެއް އެ ކޯޓުން ނެރުނެވެ.

Advertisement
Allied — Dhen Online (box)

ގިނަ ދުވަސްތަކެއް ވަންދެން ބަންދު ކޮށްފައި އޮތުމުގެ ސަބަބުން އެތަން ވަނީ ވަރަށް ބޮޑަށް ވީރާނާ ވެފައެވެ.

އެމައްސަލަ އެމްޑަބްލިޔުއެސްސީން ވަނީ ހައިކޯޓުގައި އިސްތިއުނާފް ކޮށްފައެވެ. ނަމަވެސް މައްސަލަ ނިމެންދެން ތަން ހުސް ކުރުން ފަސް ކުރުމުގެ ވަގުތީ އަމުރެއް ނެރެ ނުދީފި ނަމަ އިއާދަ ބޮޑު ގެއްލުމެއް ސިބްކޯ އަށް ލިބިގެން ދާނެ ކަމަށް ހައިކޯޓުން ނިންމިއެވެ.

ހައިކޯޓުގެ ހުކުމާއި ގުޅިގެން މައްސަލަ ކޯޓުން ބޭރުގައި ހައްލު ކުރުމުގެ މަސައްކަތް ފަށާ، މިހާރު އެ މައްސަލަ ހައްލު ކޮށްފައިވާ ކަމަށް އެމްޑަބްލިއުއެސްސީ އިން ބުނެއެވެ. އަދި ރާއްޖޭގައި ހިންގާ މަޝްހޫރު ރެސްޓޯރަންޓުތައް ހިންގާ ތަނަކަށް އެތަން ބަދަލު ކުރުމަށް މަސައްކަތް ކުރާ ކަމަށް އެ ކުންފުނިން ބުންޏެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް