Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

މޫސުން ގޯސްވުމުން، ރާއްޖޭގެ ބޮޑު ބަޔަކަށް ހުދު ސަމާލު ނެރެފި

މޫސުން ގޯސްވުމުން، ރާއްޖޭގެ ބޮޑު ބަޔަކަށް ހުދު ސަމާލު ނެރެފި

ރާއްޖޭގެ އެކި ސަރަޙައްދުތަކަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން މޫސުން ގޯސްވެ، ބޮޑު ބަޔަކަށް ހުދު ސަމާލު ނެރެފިއެވެ.

އެގޮތުން މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) ހުދު ސަމާލު ނެރެފައި ވަނީ ޅ. އަތޮޅުން ގދ. އަތޮޅަށެވެ.

މެޓް އޮފީހުން ބުނެފައިވާ ގޮތުގައި މިސަރަޙައްދުތަކުގައި ހިމެނޭ ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެއެވެ.

Advertisement
Ooredoo — Square (box)

ހުދު ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 10:30 އިން 15:00 އަށެވެ.

ފާއިތުވީ 24 ގަޑީރަށް ބަލާލާއިރު، އެންމެ ބޯކޮށް ވާރޭ ވެހިފައި ވަނީ ސ. ހިތަދޫ އަށެވެ. އެރަށަށް 45.4 މިލިލީޓަރުގެ ވާރޭ ވެހިފައި ވެއެވެ.

މިއަދުގެ މޫސުން ލަފާކުރާ ގޮތަށް ބަލާއިރު ރާއްޖޭގެ އެކި ހިސާބަށް ގުގުރުމާއެކު ވިއްސާރަކުރާނެ ކަމަށް މެޓް އޮފީހުން ލަފާ ކޮށްފައި ވެއެވެ.

އިރާއި، އިރު ދެކުނުން، ގަޑިއަކު 5 މޭލާއި 15 މޭލުގެ ބާރުމިނެއްގައި ވައިޖެހޭނެ ކަމަށާއި ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް ވެސް މޫސުމާބެހޭ އިދާރާއިން ބުނެފައިވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް