Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ޤަވާއިދާ ޚިލާފަށް ރާއްޖޭގައި މަސްވެރިކަން ކުރި ބޯޓެއް، ހައްޔަރުކުރި ފަޅުވެރިންނާއެކު ފުރުވާލައިފި

ޤަވާއިދާ ޚިލާފަށް ރާއްޖޭގައި މަސްވެރިކަން ކުރި ބޯޓެއް، ހައްޔަރުކުރި ފަޅުވެރިންނާއެކު ފުރުވާލައިފި

ޤަވާއިދާ ޚިލާފަށް ރާއްޖޭގައި މަސްވެރިކަން ކުރި ބޭރުގެ މަސް ބޯޓަކާއި އެބޯޓުން ހައްޔަރު ކުރި އަށް ފަޅުވެރިންނާއެކު ފުރަން ހުއްދަ ދީފިއެވެ.

ލަންކާގެ އެ މަސްބޯޓު ފުރަން ހުއްދަ ދީފައިވާކަން ބޭރުގެ ޚަބަރަކުން އާންމުވުމުން، ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، އެބޯޓު ފުރުމުގެ ހުއްދަ ދީފައި ވަނީ ފުލުހުންގެ ތަހުގީގަށް ބޭނުންވާ މައުލޫމާތު ނެގުމަށް ފަހު ފިޝަރީޒް މިނިސްޓްރީގެ ލަފައާއެކު ކަމަށެވެ.

އެމަސް ބޯޓު ރާއްޖެ ސަރަޙައްދުން ގޮސްފައި ވަނީ އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށުން ކަމަށް ވެސް ފުލުހުން ވިދާޅުވެފައި ވެއެވެ.

Advertisement
Allied Insurance — Square (box)

"މިމައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން. އަދި ފިޔަވަޅު އެޅުމުގެ މަރުހަލާގެ ކަންކަން ފިޝަރީޒް މިނިސްޓްރީން ދަނީ ކުރަމުން" ފުލުހުން ވިދާޅުވެފައި ވެއެވެ.

ދަ ހިންދޫ ޓައިމްސްގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގަވައިދާ ހިލާފަށް މަސްވެރިކަން ކުރަނިކޮށް އަތުލި މި ބޯޓާއެކު އަށް މަސްވެރިއަކު ހައްޔަރު ކުރިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް