Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

އަދާލަތު ޕާޓީގެ ޤައުމީ މަޖިލިސް އޮންލައިންކޮށް ބާއްވަން ނިންމައިފި

އަދާލަތު ޕާޓީގެ ޤައުމީ މަޖިލިސް އޮންލައިންކޮށް ބާއްވަން ނިންމައިފި

ކޮވިޑް-19ގެ ޙާލަތުގެ ސަބަބުން ޢަދާލަތު ޕާޓީގެ ތިން ވަނަ ޤައުމީ މަޖިލިސް އޮންލައިންކޮށް ބާއްވަން އެޕާޓީން ނިންމައިފިއެވެ.

މިމަހުގެ 11 އިން 13 އަށް ބޭއްވުމަށް ހަމަޖެހިފައިވާ އެ ޖަލްސާ ކުރިން ބާއްވަން ނިންމީ އެންމެން އެއްތަނަކަށް ޖަމާ ވެގެންނެވެ. ނަމަވެސް ކޮވިޑް-19 ގެ ހާލަތާ ގުޅިގެން މިހާރު އެޖަލްސާ ބޭއްވުމަށް ނިންމާފައިވަނީ އޮންލައިން ކޮށެވެ.

މި ޤައުމީ ޖަލްސާގައި އަލަށް އިންތިޚާބުވި ޢަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން ޢަބްދުﷲ އާއި ނައިބު ރައީސް އަޙްމަދު ޝަރީފް ހުވާ ކުރެއްވުން އޮންނާނެއެވެ.

Advertisement
Allied — Dhen Online (box)

މީގެ އިތުރުން އިތުރު މިޖަލްސާގައި ދެ ނައިބު ރައީސުން އިންތިޚާބު ކުރުމާއި މަޝްވަރާ މަޖިލީހުގެ އިންތިޚާބާއި ދާއިމީ ކޮމެޓީތައް އެކުލަވާލުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ޢަދާލަތު ޕާޓީގެ ދުސްތޫރު ބުނާގޮތުން ކޮންމެ ފަސް އަހަރަކުން އެއްއަހަރު ޤައުމީ މަޖިލިސް ބާއްވަން ޖެހެއެވެ. ނަމަވެސް ޤައުމާއި ޕާޓީގެ ޙާލަތު ހުރި ގޮތުގެ ސަބަބުން އަސާސީ ޤަވާއިދުގައި ބުނާގޮތަށް އެޕާޓީގެ މަޝްވަރާ މަޖިލީހުން ވަނީ ޤައުމީ މަޖިލީސް ބޭއްވުން ފަސްކުރިއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް