Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

މާލޭ މަގުމަތީގައި މާރާމާރީއެއް ހިނގައިފި

މާލޭ މަގުމަތީގައި މާރާމާރީއެއް ހިނގައިފި

މާލޭ މަގުމަތީގައި ގްރޫޕް މާރާމާރީއެއް ހިނގައިފިއެވެ.

އެނގިފައިވާ ގޮތުގައި މި މާރާމާރީ ހިނގާފައި ވަނީ ލޮނުޒިޔާރަތް މަގުގައި، މިއަދު ހަވީރުގެ ވަގުތެއްގައެވެ.

މި މާރާމާރީ ގެ ވީޑިއޯއެއް މިހާރު މީސްމީޑިއާ ގައި ދައުރު ވަމުންދާއިރު، އޭގެން ފެންނަނީ ހަތަރު ވަރަކަށް ފިރިހެނުން އެކަކު އަނެކަކު ގައިގައި ތަޅައިގަނެގެން އުޅޭ މަންޒަރެވެ.

Advertisement
Allied — Dhen Online (box)

އެވަގުތު އެ ސަރަޙައްދުން ގިނަ އަދަދެއްގެ މީހުން ދުއްވާ އެއްޗެހީގައި ދަތުރު ކުރަމުން ދިޔަ މަންޒަރު ވެސް ފެނިފައިވާއިރު، އެމީހުން ހުއްޓުވަން އެކަކު މަސައްކަތް ކުރަމުން ދިޔަ މަންޒަރު ވެސް ފެނިފައިވެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، މާލޭ ލޮނުޒިޔާރަތް ކޮޅުގައި ބައެއްގެ މެދުގައި ހިނގި މާރާމާރީއެއްގެ މައުލޫމާތު މިއަދު 17:55 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

ނަމަވެސް މިމާރާމާރީގެ ރިޕޯޓު ލިބިގެން ފުލުހުން އެސަރަޙައްދަށް ދިޔައިރު މާރާމާރީ ހިންގި މީހުން ވަނީ އެސަރަޙައްދު ދޫކޮށް ގޮސްފައި ކަމަށް ވެސް ފުލުހުން ވިދާޅުވެފައި ވެއެވެ.

މިމާރާމާރީއާ ގުޅޭގޮތުން ފުލުހުން ބަލަންޖެހޭ ކަންކަން ދަނީ ބަލަމުންނެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް