ބޮލީވުޑް

ރަންބީރް ކޮވިޑަށް ފައްސިވުމުން، އާލިއާގެ އުފަންދުވަސް ފާހަގަ ކުރުން ފަސްކޮށްފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ބޮލީވުޑްގެ އެކްޓަރ ރަންބީރް ކަޕޫރް ކޮވިޑް-19 އަށް ފައްސިވުމުން، އޭނަގެ ލޯބިވެރިޔާ އަދި މަޝްހޫރު އެކްޓްރެސް އާލިއާ ކަޕޫރްގެ އުފަންދުވަސް ފާހަގަ ކުރުން ފަސް ކޮށްފިއެވެ.

Ads by STELCO

ރިޕޯޓުތަކުން ބުނާ ގޮތުގައި މިމަހުގެ 15 ވަނަ ދުވަހު އާލިއާގެ އުފަންދުވަސް އަންނާތީ ރަންބީރް ވަނީ ވަރަށް ގިނަ ކަންތައްތަކެއް ކުރަން ރާވާފައެވެ.

ނަމަވެސް ކޮވިޑަށް ފައްސިވުމުން އުފަން ދުވަސް ފާހަގަ ކުރުން ފަސް ކުރުމަށް ފަހު، ރަންބީރް މިހާރު ހުރީ ހޯމް ކަރަންޓީނުގައެވެ.

ރަންބީރް ކޮވިޑަށް ފައްސިވި ނަމަވެސް އާލިއާ އެބައްޔަށް ނައްސި ކަމަށާއި، އޭނާ ވެސް ކަރަންޓީނުގައި ދުވަސްކޮޅަކު ހުރުމަށްފަހު ޑޮކްޓަރުންގެ ހުއްދައާއެކު މިހާރު ވަނީ މަސައްކަތަށް ނުކުމެ ކަމަށް ވެސް ރިޕޯޓުތަކުން ބުނެއެވެ.

ރަންބީރްގެ އިތުރުން ބޮލީވުޑްގެ މަޝްހޫރު ފިލްމް ޕްރޮޑިއުސަރ/ޑައިރެކްޓަރ ސަންޖޭ ލީލާ ބަންސާލީ ވެސް ވަނީ ކޮވިޑަށް ފައްސި ވެފައެވެ.

ސަންޖޭ އެންމެފަހުން އުފައްދާފައިވާ "ގަންގޫބާއި ކަތިއާވަޅީ" ގެ ލީޑް ރޯލުން ފެނިގެން ދަނީ ވެސް އާލިއާ އެވެ. ކޮވިޑް-19 އަށް އާލިއާ ޓެސްޓު ކުރީ ސަންޖޭ ފައްސިވުމަށް ފަހު ކަމަށް ވެސް ރިޕޯޓުތަކުން ބުނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!