Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ވިއްސާރައިގެ ސަބަބުން ނައިފަރުގެ ބައެއް މަގުތަކުގައި ފެންބޮޑުވެއްޖެ

ވިއްސާރައިގެ ސަބަބުން ނައިފަރުގެ ބައެއް މަގުތަކުގައި ފެންބޮޑުވެއްޖެ

ރާއްޖޭގެ ބޮޑު ބަޔަކަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން، ޅ. ނައިފަރުގެ ބައެއް މަގުތަކުގައި ފެންބޮޑު ވެއްޖެއެވެ.

އެމްއެންޑީއެފް އިން ބުނީ މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ނައިފަރަށް ބޯކޮށް ވާރޭވެހި، އެރަށުގެ ބައެއް ސަރަޙައްދުތަކުގެ މަގުތަކުގައި ފެން ބޮޑުވެގެން، އެމްއެންޑީއެފް ނޮދަން އޭރިއާ ފަޔަރ ސްޓޭޝަނުން ހަރަކާތްތެރި ވަމުންދާ ކަމަށެވެ.

އެގޮތުން ނައިފަރުގެ ބައެއް ގޭގޭގެ ދޮރުމަތީގައި ވެލި ބަސްތާ ޖަހައި، ޕަމްޕު ބޭނުން ކޮށްގެން ފެން ހިންދުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް އެމްއެންޑީއެފް އިން ބުނެފައިވެއެވެ.

Advertisement
Allied Insurance — Square (box)

ނައިފަރުގެ އިތުރުން ޏ. ފުވައްމުލައް އަދި ހއ. ގެ ބައެއް ރަށްތަކުގައި ވެސް ފެންބޮޑު ވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް