Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

އައްޑޫސިޓީގައި ވެސް މާރާމާރީއެއް ހިނގައި، 7 މީހަކަށް އަނިޔާވެއްޖެ

އައްޑޫސިޓީގައި ވެސް މާރާމާރީއެއް ހިނގައި، 7 މީހަކަށް އަނިޔާވެއްޖެ

އައްޑޫސިޓީގައި ވެސް މާރާމާރީއެއް ހިނގައި، 7 މީހަކަށް އަނިޔާ ވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އައްޑޫ ސިޓީ ފޭދޫ ކުޑަކުދިންގެ ޕާކު ސަރަޙައްދުގައި ދެ ގްރޫޕެއްގެ މެދުގައި ހިނގި މާރާމާރީއެއްގެ މައްސަލަ މިރޭ 6:30 ހާއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

މި މާރާމާރީގައި 7 މީހަކަށް އަނިޔާ ވެފައިވާ ކަމަށާއި އެމީހުންގެ ތެރެއިން އެއްބައި މީހުންނަށް ފޭދޫ ސިއްޙީ މަރުކަޒުގައި ފަރުވާ ދެމުންދާއިރު، އަނެއްބައި މީހުންނަށް ހިތަދޫ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށެވެ.

Advertisement
Allied — Dhen Online (box)

މިމައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

އައްޑޫ ސިޓީގައި މިއަދު މާރާމާރީއެއް ހިނގާފައިވާއިރު، މިއަދު 17:55 ހާއިރު މާލޭ ލޮނުޒިޔާރަތް މަގުގައި ވެސް ވަނީ މާރާމާރީއެއް ހިނގާފައެވެ. ނަމަވެސް އެސަރަޙައްދަށް ފުލުހުން ދިޔައިރު، މާރާމާރީ ހިންގި މީހުން އެސަރަޙައްދުން ގޮސްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް