Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ފެންފުށީގައި ކަރަންޓީނުގައި ނެތް މީހަކު ފައްސިވެއްޖެ

ފެންފުށީގައި ކަރަންޓީނުގައި ނެތް މީހަކު ފައްސިވެއްޖެ

އދ.ފެންފުށީގައި ކަރަންޓީނުގައި ނެތް މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

އެރަށު ކައުންސިލް ރައީސް ޝާހިދު ޢަބްދުއްރަހީމް "ދެން"އަށް ވިދާޅުވީ ފައްސިވެފައި ވަނީ ރޯގާ ޖެހިގެން އެރަށު ހެލްތް ސެންޓަރަށް ޑޮކްޓަރަށް ދެއްކި މީހެއް ކަމަށެވެ.

އަދި މި މީހާ ކޮވިޑް-19 އަށް ޓެސްޓު ކުރިއިރު އޭނާ ބައްޔަށް ފައްސި ކަމަށާއި، މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.

Advertisement
Allied — Dhen Online (box)

ޝާހިދު އިތުރަށް ވިދާޅުވީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން ކުރަމުން އަންނަ ކަމަށެވެ.

ކަރަންޓީނުގައި ނެތް މީހަކު ފައްސިވުމާ ގުޅިގެން ފެންފުށި މިހާރު ވަނީ ކަރަންޓީނުގެ ހާލަތަށް ގެނެސްފައެވެ.

އެރަށް މޮނީޓަރިންގެ ހާލަތަށް ލައި އެރަށަށް އަރައި ފޭބުން މަނާ ކުރުމުގެ ލިޔުން އެޗްޕީއޭއިން އެރަށު ކައުންސިލަށް މިހާރު ވަނީ ފޮނުވާފައެވެ. އެލިޔުމުގައި ބުނެފައިވަނީ އެ ރަށް މޮނިޓަރިންގެ ހާލަތަށް ލެވުނީ ކޮވިޑް-19އާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބެލުމުގެ ގޮތުން ކަމަށާއި އެހާލަތުގައި އެރަށް އެއްވެސް ފަރާތަކުން އަރާ ފޭބުމަކީ މަނާކަމެއް ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް