Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ޖަމާޢަތުގެ ނަމާދުގައި ގައިދުރުކޮށް ޞަފު ހެދުމަށް ވަކާލާތު ކުރާ ގިނަ މީހުންނަކީ މިސްކިތުގެ ޖަމާޢަތަށް ދާ ބައެއް ނޫން: އިޔާޒް

ޖަމާޢަތުގެ ނަމާދުގައި ގައިދުރުކޮށް ޞަފު ހެދުމަށް ވަކާލާތު ކުރާ ގިނަ މީހުންނަކީ މިސްކިތުގެ ޖަމާޢަތަށް ދާ ބައެއް ނޫން: އިޔާޒް

ޖަމާޢަތުގެ ނަމާދުގައި ގައިދުރުކޮށް ޞަފު ހެދުމަށް ވަކާލާތު ކުރާ ގިނަ މީހުންނަކީ މިސްކިތުގެ ޖަމާޢަތަށް ދާ ބައެއް ނޫން ކަމަށް ދީނީ ޢިލްމުވެރިޔާ ޑރ.މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެއްޖެއެވެ.

ޑރ އިޔާޒް މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

https://twitter.com/dr_iyaz/status/1370543005300486146?s=21

Advertisement
Ooredoo — Truecaller (box)

ކޮވިޑް-19ގެ ހާލަތު ރާއްޖޭގައި ގޯސްވަމުން ދިޔުމުގެ ސަބަބުން އެޗްޕީއޭއިން އަޅާފައިވާ ބޮޑެތި ފިޔަވަޅުތަކުގެ ތެރޭގައި މިސްކިތްތަކުގައި ޖަމާއަތް ހެނދުން މަނާ ކޮށްފައި ވެސް ވެއެވެ. މިކަމާ ގުޅިގެން މިސްކިތްތަކުގައި ގައިދުރުކަން ބަހައްޓައިގެން ނަމާދު ކުރުމަށް ވަރަށް ގިނަ ބަޔަކު ގޮވާލާފައިވެއެވެ.

އެއާއެކު އިސްލާމިކް މިނިސްޓްރީން ވެސް ވަނީ ގައިދުރުކޮށްގެން ނަމާދު ކުރުމަށް މިމަހުގެ ފުރަތަމަ ދުވަހު އިލްތިމާސް ކޮށްފައެވެ.

ރާއްޖޭގައި މިފަހަކަށް އައިސް ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރުވުމަށް ފަހު، މިހާރު އަދަދު އަންނަނީ މަދު ވަމުންނެވެ.

އެހެންކަމުން އެޗްޕީއޭ އިން ވަނީ ކޮވިޑް ފެތުރުން ކޮންޓްރޯލު ކުރުމަށް ބައެއް ފިޔަވަޅުތައް އަނެއްކާ ވެސް އަޅާފައެވެ. އެގޮތުން އިރުއޮއްސި 6:00 އިން ފެށިގެން އަނެއް ދުވަހުގެ ހެނދުނު 6:00 އަށް މާލެ ސަރަޙައްދުގައި އެއްގަމު އުޅަނދު ދުއްވުން މަނާ ކޮށްފައިވާއިރު ރޭގަނޑު 11:00 އިން ފަތިހު 4:30 އަށް ބޭރުގައި އުޅުން ވެސް މަނަލެވެ. މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިހާރު މާސްކު އެޅުން ވެސް މަޖުބޫރު ކޮށްފައިވާއިރު، ފަސް މީހުންނަށްވުރެ ގިނައިން ބޭރުގައި އުޅުން ވެސް ވަނީ މަނާ ކޮށްފައެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާއްމު ކޮށްފައިވާ ސާވޭލަންސް ޑޭޓާއަށް ބަލާއިރު އިއްޔެ ރާއްޖެއިން ކޮވިޑަށް ފައްސި ވެފައި ވަނީ މާލެއިން 86 މީހުންނާއި، އަތޮޅުތެރެއިން 14 މީހަކާއި، ހިންގަމުން އަންނަ ރިސޯޓުތަކުން 14 މީހެކެވެ.

އިއްޔެ ފައްސިވީ މީހުންނާއެކު މިހާރު ރާއްޖެއިން މިބައްޔަށް ޖުމްލަ 21،268 މީހުން ވަނީ ފައްސި ވެފައެވެ.

ރާއްޖެއިން މިހާރު ކޮވިޑް ބަލިން ފަސޭހަ ވެފައިވަނީ ޖުމްލަ 18،695 މީހުންނެވެ. އަދި މިހާތަނަށް މިބަލީގައި ރާއްޖެއިން 64 މީހުން ނިޔާ ވެފައިވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް