Thursday, 29 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ވެކްސިން ޖެހުމަށް 6:30 އިން ފެށިގެން ކިއޫގައި ، 12 ޖެހިއިރު ކިއު ބަންދުކޮށްލައިފި

ވެކްސިން ޖެހުމަށް 6:30 އިން ފެށިގެން ކިއޫގައި ، 12 ޖެހިއިރު ކިއު ބަންދުކޮށްލައިފި

ވެކްސިން ޖެހުމަށް އިސްލާމީ މަރުކަޒު ސަރަހައްދުގައި ވެކްސިން ޖަހަން ހެދި ކިއު 12 ޖެހި އިރު ބަންދުކޮށްފިއެވެ.

"ދެން" އަށް މަޢުލޫމާތު ދެމުން އެސަރަހައްދުގައި ހަރަކާތްތެރިވާ އެޗްޕީއޭގެ އޮފިޝަލަކު ވިދާޅުވީ، ވެކްސިން ޖެހުމަށް ކިއޫ ހެދުން 12 ޖެހިއިރު ހުއްޓާލާފައިވާ ކަމަށެވެ. އަދި ގައިދުރު ކަމެއް ނެތި ވެކްސިން ޖަހަން ތިބުމުން އެކަން ނުހުއްޓު ވަނީ ކީއްވެގެންތޯ ސުވާލު ކުރުމުން ވިދާޅުވީ، އެއީ ވެކްސިން ޖަހަން އަންނަ ބޭފުޅުންގެ އަމިއްލަ ކަމެއް ކަމަށެވެ.

އިސްލާމީ މަރުކަޒު ސަރަހައްދުގައި ބިދޭސީންނަށް ވެކްސިން ދިނުން ދަނީ ކުރިޔަށެވެ. އެސަރަހައްދުގައި ތިބި ބައެއް ބިދޭސީންނާ "ދެން" ގެ ނޫސްވެރިން ވަނީ ވާހަކަ ދައްކާފައެވެ. މިގޮތުން ބައެއް ފަރާތްތަކުން ބުނެފައި ވަނީ މިއަދު ހެނދުނު 6:30 ވިއިރު ވެކްސިން ޖެހުމަށް އައި ކަމަށާއި ނަމަވެސް އަދި ވެކްސިން ނުޖެހޭ ކަމަށެވެ.

Advertisement
Ooredoo — Square (box)

"މިއަދު މަސައްކަތަށް ނުގޮސް މިއައީ ވެކްސިން ޖަހަން. ބައެއް މީހުން އައި 6:30 ގަވެސް. އަހަރެން އައީ 7 ޖަހާލި ހާއިރު، އަދިވެސް މިއިނީ ކިއޫގައި" އެތަނުން ވާހަކަ ދެއްކި ބިދޭސީ އަކު ބުންޏެވެ.

ލިޔެކިއުން ނެތް ބިދޭސީންނަށް ވެކްސިން ޖެހަން ދޫކުރާ ފާސް ދޫކުރަން 3 ޖަހާއިރު ފަށާއިރު، އެސަރަހައްދުގައިވެސް ބޮޑު ކިއޫއެއް އެބަ އޮތެވެ. މިގޮތުން އެސަރަހައްދުގައި ތިބި ބައެއް ބިދޭސީން ބުނެފައި ވަނީ 9 ޖެހިއިރު ކިއޫގައި ޖެހުމަށް އައިސްފައިވާ ކަމަށެވެ.

[caption id="attachment_70290" align="alignnone" width="1024"]<img class="wp-image-70290 size-large" src="https://cdn.dhen.mv/wp-content/uploads/2021/03/photo_2021-03-13-14.45.31-1024x768.jpeg" alt="" width="1024" height="768" /> ލިޔެކިއުން ނެތް ބިދޭސީން ކިއޫގައި -- ދެން އިމޭޖްސް[/caption]

ވެކްސިން ދޭ ސަރަހައްދުގައި 2 ފުލުހަކު ދަނީ ހަރަކާތްތެރި ވަމުންނެވެ. ނަމަވެސް އެސަރަހައްދުގައި އެތައް ސަތޭކަ ބިދޭސީނެއް ތިބި އިރު، ގައިދުރުކޮށް ލައިން ކޮންޓްރޯލް ކުރުމަށް ފުލުހުން ވަނީ ނުކުޅެދިފައެވެ. މިގޮތުން ލައިންއަށް އަރަން އަންނަ ބިދޭސީން ފޮނުވާލުމަށް އެއް ފުލުހަކު ހަރަކާތްތެރިވާއިރު، އަނެއް ފުލުސް މީހާ ދަނީ ގައިދުރުކޮށް ސަފު ހެދުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވަމުންނެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް