Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

އިދިކޮޅު މުޒާހަރާއިން އިއްޔެ ހައްޔަރު ކުރި އެންމެން ޖޫރިމަނާ ކުރުމަށް ފަހު ދޫކޮށްލައިފި

އިދިކޮޅު މުޒާހަރާއިން އިއްޔެ ހައްޔަރު ކުރި އެންމެން ޖޫރިމަނާ ކުރުމަށް ފަހު ދޫކޮށްލައިފި

އިދިކޮޅު ފަރާތްތަކުން އިއްޔެ މާލޭގެ އެކި ސަރަހައްދު ތަކުގައި މުޒާހަރާ ކުރަމުން ގެންދިޔަ އިރު، ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެންމެން ޖޫރިމަނާ ކުރުމަށް ފަހު ދޫކޮށްލައިފިއެވެ.

އިއްޔެ މުޒާހަރާއިން ހައްޔަރު ކުރި އެންމެން ވެސް ހައްޔަރު ކުރުމަށް ފަހު ދޫކޮށްލައިފައި ވަނީ، އެޗްޕީއޭގެ ގައިޑްލައިނާ ޚިލާފު ވުމުން ކަމުގައި ފުލުހުން ވަނީ ބުނެފައެވެ.

އިއްޔެ މާލޭގެ އެކި ސަރަހައްދުތަކުގައި އިދިކޮޅުން ކުރިއަށް ގެންދިޔަ މުޒާހަރާގައި ގިނަ އަދަދެއްގެ ބަޔަކު ހައްޔަރު ކޮށްފައި ވާއިރު، އޭގެ ތެރޭގައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ވަގުތީ ލީޑަރު، އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އާއި ގިނަ އަދަދެއްގެ އަންހެނުން ވެސް ހިމެނެއެވެ.

Advertisement
HDC — Sidebar (box)

ފުލުހުން ބުނީ އިއްޔެ މުޒާހަރާގައި އެ އެންމެން ވެސް ހައްޔަރު ކުރީ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ގާނޫނާ ހިލާފަށް ކުރިއަށް ގެންދިޔަ އެއްވުން ރޫޅާލުމުގެ ބޭނުމުގައި ކަމަށެވެ.

މުޒާހަރާގެ ތެރެއިން ގިނަ އަދަދެއްގެ މީހުން ހައްޔަރު ކުރިކަމުގައި ވީ ނަމަވެސް އިދިކޮޅު ކޯލިޝަނުން ކޮންމެ ހުކުރު ދުވަހެއްގައި ވެސް މުޒާހަރާ ކުރުމަށް ވަނީ ނިންމާފައެވެ. އަދި މުޒާހަރާތަކަށް ނިމުމެއް އަންނާނީ މަޝްވަރާގެ މޭޒަށް ދާން ސަރުކާރުން އެއްބަސްވުމުން ކަމަށް އިދިކޮޅުން ވަނީ ބުނެފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް