ޤަވާއިދާ ހިލާފަށް ހިދުމަތް ދޭ ކަމަށް ބުނެ އެޗްޕީއޭއިން އެސްޓާސް ބަންދުކޮށްފި

އެޗްޕީއޭގެ އުސޫލުތަކާ ޚިލާފުވެގެން ކަމަށް ބުނެ، ރާއްޖޭގެ އެންމެ މަގުބޫލު އެއް ފިހާރަ ކަމުގައިވާ އެސްޓާސްގެ މައި ފިހާރަ، ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބަންދު ކޮށްފިއެވެ.
އެސްޓާސް ފިހާރައިގެ ފަރާތުން ވަނީ އެޗްޕީއޭއިން އެ ފިހާރަ ބަންދުކުރި ކަން ޓްވިޓާގައި އާންމުކޮށް އަންގާ އިއުލާނު ކޮށްފައެވެ.
އެސްޓާސް ފިހާރަ ބަންދުކޮށް މިއަދު އެޗްޕީއޭ އިން ނެރެފައިވާ ނޯޓިސްގައި ބުނެފައިވާ ގޮތުގައި އެ ފިހާރަ ބަންދުކުރީ ކޮވިޑް ކޮންޓްރޯލް ކުރުމަށްޓަކައި އަޅާފައިވާ ފިޔަވަޅުތަކާ ގުޅިގެން އާއްމު ކޮށްފައި ވާ އުސޫލުތަކާ ހިލާފަށް އެތަނުގައި ހިދުމަތް ދެމުން ގެންދާތީއެވެ.
މީގެ އިތުރުން 24 ގަޑިއިރު ފަހުން ފިހާރަ އިންސްޕެކްޓްކޮށް މިންގަނޑުތަކާ އެއްގޮތަށް ހުރިތޯ ކަށަވަރު ކުރުމަށް ފަހު އުސޫލާ އެއްގޮތަށް ހިދުމަތް ކުރި އަށް ގެންދިއުމުގެ ހުއްދަ ދޭނެކަމަށް ވެސް އެޗްޕީއޭއިން އެ ފިހާރައިގައި ތަތް ކޮށްފައިވާ ނޯޓިސްގައި ވަނީ ބުނެފައެވެ.
އަދި އެތަނުގައި އަލުން ހިދުމަތް ދިނުމަށް ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކާ އެއްގޮތަށް ތަނުގެ ކަންތައްތައް އިސްލާހު ކުރުމަށް ވެސް އެޗްޕީއޭއިން ވަނީ އަންގާފައެވެ.
އެޗްްޕީއޭ އިން ހަދާ ގަވާއިދާ އަމިއްލައަށް އެޗްޕީއޭއިން ހިލާފަށް ސިއާސީ ގަވާއިދު ހެދީމަ އެޗްޕީއޭ ބަންދުކުރާކަށް ނުޖެހޭތަ؟