Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ބޮޑުފިނޮޅުގައި ތިބި ބިދޭސީންނާ ހަވާލުވެ އެމީހުން އެރަށުން ބޭލުމަށް ރިޒްގެ މައްޗަށް އަމުރު ކޮށްފި

ބޮޑުފިނޮޅުގައި ތިބި ބިދޭސީންނާ ހަވާލުވެ އެމީހުން އެރަށުން ބޭލުމަށް ރިޒްގެ މައްޗަށް އަމުރު ކޮށްފި

ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރާ ބ. ބޮޑު ފިނޮޅުގައި ތިބި ބިދޭސީންނާއި ހަވާލުވެ އެމީހުން އެރަށުން ބޭލުމަށް ރިޒް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ބ. ތުޅާދޫ މެޖިސްޓްރޭޓް ކޯޓުން ވަގުތީ އަމުރެއް ނެރެފި އެވެ.

ވަގުތީ އަމުރުގައިވަނީ ދެ ފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުންތަކުގެ ދަށުން، ދައުވާލިބޭ ރިޒް ކުންފުނީގެ މުވައްޒަފުން ބޮޑުފިނޮޅަށް އަރުވާފައިވާކަން، ހުށަހަޅާފައިވާ ލިޔުންތަކުން އެނގޭކަމަށެވެ. މި މުވައްޒަފުން ރަށުން ބާލަން އެންގުމުގެ ބާރު އެއްބަސްވުމުގެ ދަށުން ސީލް އަށް ލިބިދީފައިވާކަން އެނގޭ ކަމަށާއި މެއި މަހުގެ 23 ސީލް އިން ފޮނުވާފައިވާ ސިޓީގައި ރިޒްގެ މުވައްޒަފުން ރަށުން ބޭލުމަށް އަންގާފައިވާ ކަމަށެވެ.

އެކަމަކު އެގޮތަށް ރިޒް ކުންފުންޏަށް ސިޓީއަކުން އެންގުމުން ވެސް މީހުން ބާލާފައި ނުވާކަމާއި އެކަމަކުގެ ސަބަބުން ހަމަނުޖެހުން ހިނގައި ސީލް އަށް ފޫނުބެއްދޭވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން ހުށަހަޅާފައިވާ ހެކިން އެނގޭ ކަމަށް އަމުރުގައި ވެއެވެ.

Advertisement
Allied — Dhen Online (box)

މިހެންކަމުން، ރިޒް ކުންފުނީގެ ފަރާތުން ބޮޑުފިނޮޅަށް އަރުވާފައިތިބި އެންމެހާ ފަރާތްތަކާ ހަވާލުވުމަށާ، އެފަރާތްތައް ވަގުތުން ވަގުތަށް އެރަށުން ބޭލުމަށާ، މީގެ އިތުރަށް، އަމުރު ރައްދުވާ ފަރާތުގެ މުދާ ނުވަތަ ތަކެތި ހުރިނަމަ ވަގުތުން ވަގުތަށް އެތަކެތި ބޮޑުފިނޮޅުން ބޭލުމަށް ރިޒް ކުންފުނީގެ މައްޗަށް ކޯޓުންވަނީ އަމުރު ކޮށްފައެވެ.

މީގެއިތުރުން މިއަމުރު ތަންފީޒު ކުރުމުގެ ގޮތުން، ގާނޫނީ ގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ލިބިގެންވާ އެންމެހައި ބާރުތައް، ބޭނުން ކުރަންޖެހިއްޖެ ހާލަތެއްގައި ބޭނުން ކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ މައްޗަށްވެސްވަނީ އަމުރުކޮށްފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް