Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

އުވާލީ އެންމެ ފުރަތަމަ ކަނޑައެޅިގެންވާނެ އުސޫލެއް ވެސް ނޫން: އިދިކޮޅު

އުވާލީ އެންމެ ފުރަތަމަ ކަނޑައެޅިގެންވާނެ އުސޫލެއް ވެސް ނޫން: އިދިކޮޅު
ރައްޔިތުންގެ ކަންބޮޑުވުމާއި ފާޑުކިޔުން އަމާޒުވުމާ ގުޅިގެން، ކެމްޕެއިނު ކުރުމަށް ރަށްރަށަށް ދެވޭ ގޮތަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ކަނޑައެޅި އުސޫލަކީ އެންމެ ފުރަތަމަ ކަނޑައެޅިގެން ވާނެ އުސޫލެއް ވެސް ނޫންކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބުނެފިއެވެ. ރައްޔިތުންގެ ކަންބޮޑުވުމާއި ފާޑުކިޔުން އަމާޒުވުމާ ގުޅިގެން، ކަރަންޓީނު ނުވެ ކެމްޕެއިނު ކުރުމަށް ރަށްރަށަށް ނުދެވޭ ގޮތަށް އެޗްޕީއޭ އިން ނިންމި ނިންމުމާ ގުޅޭގޮތުން އިދިކޮޅުން ދެކެވަޑައިގަންނަވާ ގޮތަކީ ކޮބައިތޯ "ދެން" އިން ސުވާލު ކުރުމުން، އިދިކޮޅު ކޯލިޝަން މިވަގުތު ހިންގެވުމާ ހަވާލުވެ ހުންނެވި ޕީއެންސީ ގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ (އަދުރޭ) ވިދާޅުވީ، އޭގެން އެނގިގެން ދަނީ އެޗްޕީއޭ ގެ މިނިވަންކަމެއް ނެތް ކަމާއި ސިޔާސީ ކުލަ ވަރަށް ބޮޑަށް ޖެހިފައިވާކަން ކަމަށެވެ. " އެހެން ނޫނީ އާންމު ރައްޔިތުންގެ ރައްކާތެރިކަމާ ގުޅިގެން، ބަލިމަޑުކަމަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅެއް ވަކި ގޮތަކަށް އެހެން ހެދިގެން ވާނެ ކަމަކަށް އަޅުގަނޑު ޤަބޫލެއް ނުކުރަން" އަދުރޭ ވިދާޅުވިއެވެ. އިދިކޮޅުން އެންމެ ފުރަތަމަ ވެސް އިސްކަން ދެނީ ރައްޔިތުންގެ ސަލާމަތަށާއި ރައްކާތެރިކަމަށް ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ. "ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރެއް ނުވާނެ ކަމަށް އަޅުގަނޑު ޤަބޫލު ކުރަނީ ވަކި ބަޔަކަށް ވަކި ގޮތަކަށް ކަންތައް ކޮށްގެނެއް" އަދުރޭ ވިދާޅުވިއެވެ.
ވަކި ބަޔަކު ދަތުރުކުރީމަ ނުޖެހޭ ގޮތަކަށް ނޫން ބަލިމަޑުކަމެއް އޮންނަނީ. އާންމު ކުރި އުސޫލުވެސް އެއީ ރަނގަޅު އުސޫލެއް ކަމަކަށް ޤަބޫލެއް ނުކުރަން
މީގެ އިތުރުން އަދުރޭ ވިދާޅުވީ އެޗްޕީއޭއިން އެއުސޫލު އާންމު ކުރުމަކީ، ސިޔާސީ ގޮތުން އާންމުކުރި އުސޫލެއް ކަމަށް ޤަބޫލު ކުރެވޭ ކަމަށެވެ. އަދި މިހާލަތުގައި އެއްވެސް ބަޔަކަށް އެފަދައިން ދަތުރުކުރެވިގެން ވާނެ ކަމަށް ދެކެވަޑައި ނުގަންނަވާ ކަމުގައި ވެސް އަދުރޭ ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް