Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

މުޢިއްޒުގެ ކަންބޮޑުވުން: ހިޔާ ފްލެޓްތަކުގެ ޑައުން ޕޭމަންޓް އެއްފަހަރާ ދައްކާ ގޮތަށް ހަދާފައިވާކަމުގެ އަޑުތަކެއް

މުޢިއްޒުގެ ކަންބޮޑުވުން: ހިޔާ ފްލެޓްތަކުގެ ޑައުން ޕޭމަންޓް އެއްފަހަރާ ދައްކާ ގޮތަށް ހަދާފައިވާކަމުގެ އަޑުތަކެއް

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރި ހިޔާ ފްލެޓްތަކުގެ ޑައުން ޕޭމަންޓް، އެއްފަހަރާ ދައްކާގޮތަށް މިސަރުކާރުން ނިންމާފައިވާކަމުގެ މައުލޫމާތު ލިބިވަޑައިގެންފައި ވާކަމަށް ކުރީގެ ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޑރ.މުޢިއްޒު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ހިޔާ ފްލެޓުތަކުގެ ޑައުން ޕޭމަންޓް މަސް މަހަށް ބަހާލައިގެން ދައްކާ ގޮތަށް ކުރީ ސަރުކާރުން ނިންމި ކަމަށެވެ.

"ހިޔާ ފްލެޓުތަކުގެ ޑައުން ޕޭމަންޓް މަސް މަހަށް ބަހާލައިގެން ދައްކާ ގޮތަށް ކުރީ ސަރުކާރުން ނިންމި ނިންމުން ބަދަލުކޮށް، އެއްފަހަރާ ދައްކަންޖެހޭ ގޮތަށް މިހާރު ނިންމާފައިވާ ކަމަށް ފްލެޓު ލިބުނު ބައެއް ފަރާތްތަކުން ކަންބޮޑުވުމާއެކު ދަނީ ޙިއްސާ ކުރަމުން" ޑރ. މުޢިއްޒު ވިދާޅުވިއެވެ.

Advertisement
Ooredoo — Truecaller (box)

https://twitter.com/MMuizzu/status/1370769738926804992?s=20

ޑރ. މުޢިއްޒު ވަނީ، މިފަދައިން ކަންތައް ނުކުރުމަށް ސަރުކާރަށް އިލްތިމާސް ކުރައްވާފައެވެ.

ހިޔާ ފްލެޓާ ގުޅިގެން އެތައް ރައްޔިތުންނެއްގެ ހުރި ކަންބޮޑުވުންތައް ޑރ. މުޢިއްޒު ގެންދަވަނީ ފާޅު ކުރައްވަމުންނެވެ. އެގޮތުން ކުރީ ސަރުކާރުގައި ފްލެޓު ލިބި، މިސަރުކާރުން އިއުލާނު ކުރި ދާއިމީ ލިސްޓުން ކަޓުވާލާފައިވާ އެތައް ބައެއްގެ އުދާސްތައް ވެސް ޑރ. މުޢިއްޒު ގެންދަވަނީ ފާހަގަ ކުރައްވަމުންނެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް